ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިމާލް އައިޖީއެމްއެޗަށް ބަދަލުކޮށްފި – ހާލު ސީރިއަސް!

31 ޑިސެމްބަރު 2025 ވަނަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަހުމަދު ނިމާލް، އޭޑީކޭ އިން އައިޖީއެމްއެޗް އަށް ބަދަލުކޮށްފިއެވެ. ނިމާލްގެ ހާލު ސީރިއަސްއެވެ. އޭޑީކޭގައިވެސް އޭނާއަށް ފަރުވާދިނީ އައިސީޔޫގައެވެ.

ނިމާލްގެ އާއިލާ އިން ބުނީ، އުމުރުން 62 އަހަރުގެ ނިމާލް އައިޖީއެމްއެޗަށް ބަދަލުކުރި ނަމަވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ. ނިމާލަށް އައިޖީއެމްްއެޗްގައިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

ނިމާލަށް ސްޓްރޯކެއް ޖެހުނީ މާލޭގައި ރޭ ސައިކަލު ދުއްވާފައި ދަނިކޮށެވެ. ސްޓްރޯކް ޖެހުމާ އެކު ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ނިމާލް ވެއްޓުނީއެވެ.

@muniavas Akh @nims ah takai emmenge heyo dua kohdheythi #shafakallah ♬ الصوت الأصلي – القرآن الكريم

ނިމާލްގެ ފިލްމީ ހަޔާތް ފެށީ 1984 ވަނަ އަހަރު ފިލްމު “ނުފޫޒު” އިންނެވެ. އެއިރުން ފެށިގެން ފެށިގެން ދިވެހި ފިލްމީ ދާއިރާގައި އެކްޓުކުރުމާއި، ޑައިރެކްޓްކުރުން އަދި ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ، ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ފަންނާނެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top