ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޖޭގެ ” ދޭ ދޭ ޕިޔާރް ދޭ 2 ” އޯޓީޓީ އަށް

ވޭތުވެދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު 14 ގައި ސިނަމާތަކުގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ “ދޭ ދޭ ޕިޔާރް ދޭ 2” އޯޓީޓީގައި ރިލީޒްކުރާ ތާރީޚު އިއުލާން ކޮށްފިއެވެ.

އަޖޭއާއެކު ރަކުލް ޕްރީތު ސިންގ ލީޑް ރޯލުން ފެނިގެންދިޔަ މި ރޮމޭންޓިކް ކޮމެޑީގެ މުހިންމު ރޯލުތަކުން ފެނުނު އިތުރު ތަރިންގެ ތެރޭގައި އާރް މަދަވަން، ގޯތަމީ ކަޕޫރް، ޖާވިދު ޖަފްރީ އަދި މީޒާން ޖަފްރީ ފަދަ ތަރިން ހިމެނެއެވެ.

“ދޭ ދޭ ޕިޔާރް ދޭ 2” އަކީ 2019 އަހަރު ގެނެސްދިން “ދޭ ދޭ ޕިޔާރް ދޭ” ގެ ސީކުއެލްއެކެވެ. ކުރީގެ ފިލްމާއި ޚިލާފަށް މިފިލްމުގައި އަޖޭ ކުޅުނީ 52 އަހަރުގެ ލޯބިވެރިއެއްގެ ބައެވެ. އަދި އޭނައަށްވުރެ 24 އަހަރު ހަގު ލޯބިވެރިޔާގެ މައިންބަފައިން ރުއްސުމަށް ކުރާ މަސައްކަތްތައް ހެއްވާ މަޖާ ގޮތަކަށް މި ފިލްމުން ދައްކުވައިދެއެވެ.

މިފިލްމު ޕްރޮޑިއުސްކުރީ ޓީސީރީޒް އާއި ލަވް ފިލްމްސް ގުޅިގެންނެވެ. ލަވް ރަންޖަންގެ ވާހަކައަކަށް އަންޝުލް ޝަރްމާ ޑައިރެކްޓްކޮށްފައިވާ “ދޭދޭ ޕިޔާރް ދޭ 2” މާދަމާ (ޖެނުއަރީ 9) އިން ފެށިގެން ނެޓްފްލިކްސްއިން ބަލައިލެވޭނެއެވެ.

މިއަހަރުވެސް ކުރިއަށް އަޖޭގެ ފިލްމުތަކެއް ހުރިއިރު “ދަމާލް 4″، “ރޭންޖާ” އަދި “ދްރިޝިޔަމް 3” ހިމެނެއެވެ. އަދި ރަކުލް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަޔުޝްމާން ކުރާނާ، ސާރާ އަލީ ޚާން އަދި ވަޤީމާ ގައްބީއާއެކު “ޕަތީ ޕަތުނީ އޯރް ވޯ ދޯ” އިންނެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top