ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މީ ކުރާއުއްމީދު – 07

“ޖިނާ ކޮންއިރަކުތަ މެރީކުރީ؟ އަހަރެންގެ ބެސްޓް ފްރެންޑުގެ ވެޑިން ދޯ އަހަންނަށް މިސް މި ކުރެވުނީ” އަހަންނަށް ރޮމުން ބުނެވުނެވެ. އަބްޔާޒުއާ އެންމެން އަހަރެން ގާތު ނުރުއިމަށް ބުންޏެވެ.

“މަންމަމެން ވަރަށް އުފާވެއްޖެ ސަމާ އެއްކޮށް ރަނގަޅުވީމަ.” މަންމަ ބުންޏެވެ.

“ދެން އަހަރެން ދޫކޮށްފަ ނުދާތި!” އަބްޔާޒު ބުންޏެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. އަދި އެންމެން އެއްކޮށް އަހަރެންގެ ގައިގަ ބައްދާލިއެވެ.

ދެތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ހޮސްޕިޓަލުގައި އަހަރެއްހާ ދުވަސް ވޭތުކުރުމަށްފަހު އެނބުރި ގެއަށް އައުމަކީ ތަފާތު އިހްސާސެއް ކުރެވޭނެ ކަމެކެވެ. ވާނީވެސް އެހެންތާއެވެ. ބަލިއެނދުގައި އޮތްއިރު ހުވަފެނުންވެސް ފެންނަނީ އެތާގެ ހަތަރު ބިތެވެ. އަދި މުޅި ހަށިގަނޑު ހުރީ ވާންވެފައެވެ. އިތުރަށް ރެސްޓުކުރުމުގެ މޫޑެއް ނެތެވެ. އެހެންނަމަވެސް ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ބެޑްރެސްޓު ކުރުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ.
ގެއަށް އެނބުރި އައުމަށްފަހު، އަހަރެން ގޮވައިގެން އަބްޔާޒު ދިޔައީ ކޮޓަރިއާ ދިމަލަށެވެ. ކޮޓަރިއަށް ވަނުމާއެކު އަހަރެންގެ ހިތަށް ތަފާތު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކޮޓަރީގެ މީރުވަހުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އެއަށްފަހު އަބްޔާޒު ކޮޓަރިއަށް ވަދެ ބޮކިތައް ދިއްލުމަށްފަހު އަހަރެން ގޮވައިގެން ދިޔައީ އެނދާ ދިމާލަށެވެ. އަދި އެނދު ކައިރީގައި ހުރި މިއުޒިކް ޕްލޭޔަރުން އަހަރެންގެ ފޭވަރިޓް ލަވަ ޕްލޭ ކޮށްލިއެވެ. އެނދުގެ ހެޑްބޯޑްގައި ބާލީސް ލައްކޮށްލުމަށްފަހު އަހަރެން އެނދުގައި ޖައްސާލީމެވެ.

އަހަރެންގެ އަމިއްލަ ޚިޔާލުގައި އިންދާ މަންމައާއި އަބްޔާޒު ކޮޓަރީގެ ދޮރުހުޅުވާލައިފާ ވަނެވެ. އަހަންނަށް އެންމެ ފުރަތަމަ ކުރެވުނީ ސުވާލެވެ.

“އަބްޔާޒު ކޮންއިރަކު ނިކުތީ؟ އަހަންނަށް ނުވެސް އެނގޭ.” އަބްޔާޒު ހިނިގަނޑެއް ޖަހާލައިފާ ބުންޏެވެ.

“ސަމާ ފުން ޚިޔާލެއްގަ އިންދާ. މިހާރު ގަޑިއެއް ހާއިރު ވެދާނެ.” އަބްޔާޒު ހިނިގަނޑެއް ޖަހާލައިފާ ބުންޏެވެ. އަހަރެންވެސް ހީލީމެވެ. މަންމަ އައިސް އަހަރެން ކައިރީގާ އިށީންނިއެވެ. އަދި ހާލައަހުވާލު އެހުމަށްފަހު ލުނބޯ ފަނިތައްޓެއް ދިނެވެ.

“ދަރިފުޅާ… މިރޭ މި ބޯލާ. އިންޝާ ﷲ މާދަން ހެނދުނު ވާހަކަ ދައްކާނީ. މަންމަ މިދަނީ ނިދަން. ދަރިފުޅުމެންވެސް ނިދާލާ.”

އަހަރެމެން ދެމީހުން މަންމައަށް ގުޑްނައިޓު ކިޔުމާއެކު މަންމަ ކޮޓަރިން ނިކުތެވެ. އަދި އަބްޔާޒު ކޮޓަރީގައި ތަޅުލާފާ ނިދަން އެރިއެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނެވެ. އަހަންނަށް ހޭލެވުނީ ޖިނާ ގޮވާލި އަޑަށެވެ. އަހަރެން ސިހިގެން ނުދިޔައީ ކިރިޔާއެވެ. އަބްޔާޒުއަށްވެސް ހޭލެވުނީ ޖިނާގެ އަޑަށެވެ، ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އަބްޔާޒު ކޮށްޕާލާފައި ޖިނާ އަހަރެން ކައިރިއަށް އައިސް އޭނާގެ ކައިވެނީގެ ވާހަކަ ކިޔައިދެން ފެށިއެވެ.

އިރުކޮޅެއް ފަހެވެ. އަހަރެމެންގެ ވާހަކަ ހުއްޓުނީ މަންމަ އަހަރުމެންނަށް ގޮވާލިއަޑަށެވެ. އެއީ ސައިބޯން ނިކުތުމަށެވެ. ޖިނާއާއި އަބްޔާޒު ކޮޓަރިން ނިކުތުމާއެކު އަހަރެންވެސް ފްރެޝް ވެލައިގެން ސައިބޯން ނިކުތީމެވެ. ސައިބޯންފެށިތަނާ އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ ގެއިންނެވެ. ބޮޑުދައިތައެވެ. ފޯނު ނެގީމެވެ. ލިބުނީ ޝޮކެކެވެ. ކާފައަށް ހާޓް އެޓޭކެއް ޖެހިގެން އޭޑީކޭގައި ފަރުވާދެމުންދާ ވާހަކައެވެ. ފޯނު ބޭއްވުމާއެކީ އަހަންނާއި އަބްޔާޒު އަވަހަށް ދިޔައީ ހޮސްޕިޓަލާއި ދިމާލަށެވެ.

އަހަރެމެން ހޮސްޕިޓަލަށް އައިއިރު އޮތީ މާބޮޑަށްވެސް ލަސްވެފައެވެ. ބޮޑުދައިތަ ބުނީ ކާފަ އަހަރުމެންނާ އަލްވަދާޢުކީ ވާހަކައެވެ. އަބްޔާޒުއާއި އަހަންނަށް ލިބުނީ ޝޮކެކެވެ. އަހަންނަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. މިހުރިހާ ކަމެއްވެސް މިވީ މަށާހެދިއެވެ. ފުރަތަމަ އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕަ، ދެން މާމަ އެއަށްފަހު ކާފައެވެ.

އަހަންނަށް އަމިއްލަ ނަފުސަށް ކުށްވެރިކުރަމުން ދަނިކޮށް ކުއްލިއަކަށް އަހަރެން ހޭނެތިގެން ވެއްޓުނެވެ. އެއަށްފަހު އަބްޔާޒު ނަރުހެއްގެ އެހީގައި އަހަރެން ހޮސްޕިޓަލުގެ ވާޑަކަށް ގެންދިޔައެވެ. ޑޮކްޓަރ އަހަރެން ބަލާ ރަނގަޅަށް ޗެކްކުރިއެވެ. އެއަށްފަހު އަބްޔާޒު ކައިރީގައި ބުނީ އަހަރެމެން މައިންބަފައިންނަށް ވާން އުޅޭ ޚަބަރެވެ. އަބްޔާޒުއަށް އުފަލުން ފުންމައިނުގަނެވުނީ ކިރިޔާއެވެ. އޭރު އަހަންނަށް މަޑުމަޑުން ވާނުވާ އެނގެން ފެށިއެވެ. ޑޮކްޓަރ ކައިރީގައި ޔަޤީން ކުރުމަށްފަހު އަހަރެން އަބްޔާޒުއަށް ގޮވާލީމެވެ. އަހަރެމެން ދެމީހުން އެކަކުއަނެކަކު ގައިގަ ބައްދާލީމެވެ. އަދި އުފަލުން ރޮއެވުނެވެ. އެއީ އަހަރުމެންނަށް އަމިއްލަ ދަރިއެއް ލިބޭތީއެވެ.

“އެބައަންނަން ގޭމީހުންނަށް ގުޅާފަ. ސަމާ ރެސްޓުކުރޭ” އަބްޔާޒު އެހެން ބުނުމާއެކު ރޫމުން ބޭރަށް ނިކުތެވެ. އޭރު ޑޮކްޓަރ އަހަރެން ކައިރީގައި ބުންޏެވެ. “ސަމާ ކިތަންމެ ވަރަކަށް އަމިއްލަ ނަފުސަށް ބްލޭމް ކުރިއަސް، ސަމާގެ ބަނޑުގައިވާ ދަރިއަކީ ސަމާގެ ކާފަގެ ދުޢާއެއް. ދެންވެސް ޑޯންޓް ބްލޭމް ޔުއަރސެލްފް!” އަހަންނަށް ރޮވުނެވެ. އަދި ކާފައަށް ހެޔޮ ދުޢާކުރީމެވެ. އެއަށްފަހު މާތް ﷲ އަށް ޝުކުރު އަދާކުރީމެވެ.

އިރުކޮޅެއްފަހުން މަންމަމެން އައިސް އަހަރެންގެ ރޫމަށް ވަނެވެ. އަދި މަންމަ އައިސް އަހަރެން ގައިގާ ބައްދާލިއެވެ. އޭރު ޑޮކްޓަރާއެކީ އަބްޔާޒު ބޭރަށް ނިކުތެވެ.

“ސަމާ ކިހިނެއް؟ އަހަރެމެންގެ ދަރި ކިހިނެއް؟ ރަނގަޅުތަ؟” އަބްޔާޒު އަށް ސުވާލުކުރެވެން ފެށިއެވެ.

“ސަމާގެ ޕްރެގްނެންސީ އަކީ ވަރަށް ރިސްކީ ޕްރެގްނެންސީއެއް. ނޯމަލް ޑެލިވެރީގެ ޗާންސް ވަރަށް ކުޑަ، ގާތްގަނޑަކަށް 35 ޕަސެންޓް. ހެލްތީ ޑެލިވަރީއެއް ވެދާނެ. ސަމާ ޖެހޭނީ ރެސްޓްކުރަން އަދި ހެލްތީ ކާބޯތަކެތި ކާން. އަދި ސަމާގެ ކާފަ ނިޔާވިކަން ހަނދާންކޮށްދޭނީ ހޭދަކުރެވިފައިވާ އުފާވެރި ހަނދާން ތަކަކާއެކީ. ސްޓޭ ސްޓްރޯންގް އަބްޔާޒު. ގޯ ޓު ނިއަރ ސަމާ.” ޑޮކްޓަރ އެހެން ބުނުމާއެކު އަބްޔާޒު ރޫމަށް ވަނެވެ.

އަބްޔާޒް ވަނުމުން ސަމާވެސް މާ ގިނަ ސުވާލެއް ނުކުރަމެވެ.

“ގެއަށް ދަމާ ހިނގާ. ޖިނާ މިހާރު ގުޅައިފި” އަބްޔާޒުގެ މަންމަ ބުންޏެވެ.

ޑޮކްޓަރގެ އިރުޝާދާއެކު އަބްޔާޒު އަހަރެން ގޮވައިގެން ދިޔައީ ގެއަށެވެ. ގެއަށް އައިރު ކަމަކުދާކަށް ނެތެވެ. ޖިނާއާއި އޭނަގެ ފިރިމީހާ ވަނީ ގޭތެރެ ވަރަށް ބޮޑަށް ޑެކަރޭޓް ކޮށްލާފައެވެ. އަދި އަހަރެން ވަނުމާއެކު ސަޕްރައިޒް އޭ ކިޔާފައި ހަޅޭއްލަވައިގަތެވެ. އަބްޔާޒު އަވަހަށް އެކަން ހުއްޓުވިއެވެ. އަދި ބުންޏެވެ.

“އިހަށް ސަމާ ރެސްޓް ކުރާނީ، އޭގެ ފަހުން ދޯ ސަޕްރައިޒް” ޖިނާ އަވަހަށް އާނއެކޭ ބުންޏެވެ.

9 މަސް ފަހުން
9 މަސް ފާއިތުވެގެން ދިޔައިރު ހީވީ މަދު ސިކުންތުކޮޅެއް ފާއިތުވެގެން ދިޔަހެންނެވެ. ހީވީ ހުރިހާ ކަމެއްވެސް އިއްޔެގައި ހިނގިހެންނެވެ. މިހާރު ޑޮކްޓަރވަނީ ނޯމަލް ޑެލިވަރީ ވާނެކަން ޔަގީން ކޮށްދީފައެވެ. އަބްޔާޒުވެސް ވީ އޮފީހުގައެވެ. އަހަރެން އޮތީ ކޮޓަރީގައި އަރާމު ކުރާށެވެ. ޖިނާ އަހަންނަށް ކޮންޕެނީ ދިނުމަށްޓަކައި އަހަރެން ކައިރީގައި އަނގަތަޅަން އިނެވެ. އަހަރެމެން ވާހަކައިގައި ތިއްބާ ކުއްލިއަކަށް އަހަރެންގެ ބަނޑުގައި ރިހެން ފެށިއެވެ.
އަހަރެން އަވަހަށް މަންމަ އަށް ގޮވާލީމެވެ. އެންމެން ކޮޓަރިއަށް އައިސް ވަނެވެ. އަދި އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށްޓަކާ ތައްޔާރުވިއެވެ. ނަސީބަކުން ހުރީ އަހަރެމެންގެ ދަރިފުޅުގެ ސާމާނުތައް ރޭގައި ރެޑީކޮށްފައެވެ.

“ދަރިފުޅާ އަވަހަށް ދަބަސް ހިފައިގެން ނިކުމޭ. އަދި ބޭބެއަށް ގުޅާފަ ބުނޭ ހޮސްޕިޓަލާ ދިމާލަށް އަންނާށޭ”. މަންމަ އަވަހަށް ޖިނާ ގާތުގައި ބުންނެވެ.

އަހަރެމެން އަވަހަށް ހޮސްޕިޓަލަށް ދިޔުމާއެކު މަންމަ އަވަހަށް ޑޮކްޓަރަށް ގޮވާލިއެވެ. އޭގެ ފަހުން އަހަރެން ސްޓްރެޗަރ އަކަށް ލާފައި އޮޕެރޭޝަން ތިއޭޓަރ އަށް ވެއްދިއެވެ. އިރުކޮޅެއް ފަހުން އަބްޔާޒު އައެވެ. އިރުކޮޅެއް ނުވަނީސް އޮޕެރޭޝަން ކުރާ ރޫމުން އަހަރެމެންގެ ތުއްތުތުއްތު އަންހެން ދަރިފުޅު ރޯން ފެށިއަޑު އިވުނެވެ. އަބްޔާޒު އަވަހަށް މާތް ﷲ އަށް ޝުކުރު އަދާކުރިއެވެ.

“އަލްޙަމްދު ﷲ ސަމާގެ ޑެލިވަރީ ނޯމަލް. އިރުކޮޅަކުން ސަމާއާއި ދަރިފުޅާ ބައްދަލުކުރެވޭނެ.” ޑޮކްޓަރ ނިކުތުމާއެކު ބުންޏެވެ.

އިރުކޮޅެއް ފަހެވެ. އެންމެން އަހަރެން ކައިރިއަށް ރޫމަށް ވަނެވެ. އަދި ޖިނާ ބުންޏެވެ.

“މި ކިއުޓީ ޕައިގެ ނަމަކީ އައިމާ” އަބްޔާޒު އާއި އަހަންނާ ދެމީހުންނަށް މިނަން ގަބޫލު ކުރެވުނެވެ. އަދި އޯކޭ އޭ ބުނުމަށް ފަހު އެންމެން ހިނިގަނޑެއް ޖަހާލިއެވެ.

ނިމުނީ

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top