ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގުރޫޕްގެ އެއްވަނަ ފޫލާދަށް، ސެމީގެ 3 ވަނަ ޖާގަ ހިރުދަރަމާނީއަށް
ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީލީގުގެ ހަތްވަނަ މެޗުން އީރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އަދި އަށްވަނަ މެޗުން ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.

ހަތްވަނަ މެޗްގައި މިއަދު ހަވީރު ވާދަކުރީ، ކުޅުނު ދެމެޗުން މޮޅުވެފައިވާ ފޫލާދު މުބާރަކާ ސެޕަހާން އާއި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާ އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބެވެ.

ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ހޫމޯ ބަލިކޮށް ގްރޫޕް ބީގެ އެއްވަނަ ފޫލާދު ހޯދިއިރު، ތިން ސެޓް ވެސް ގެންދިޔައީ 11-25 އިންނެވެ.
މުބާރާތުގެ އަށްވަނަ މެޗަކީ ގުރޫޕް އޭގެ ފަހު މެޗެވެ. މިމެޗުން މޮޅުވާ ޓީމަކަށް ގުރޫޕްގެ ދެވަނަ މަގާމާއިއެކު ސެމީފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ. ދިވެހިރާއްޖޭގެ ކުލަބު ވެމްކޯ އާއި ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މިމެޗަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ މެޗެވެ.

ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން

ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 24-26 އިން ކުލަބު ވެމްކޯ ހޯދިއިރު، ދެވަނަ ސެޓް 25-23 އިން ހޯދީ ހަރުދަރަމާނީ އެވެ. 18-25 އިން ތިންވަނަ ސެޓް ހޯދައި މެޗް ކާމިޔާބު ކުރުމުގެ ފުރުސަތު ހިރުދަރަމާނީ ތަނަވަސްކުރި ނަމަވެސް ވެމްކޯ އިން އެ ފުރުސަތެއް ނުދިނެވެ. 25-18 އިން ހަތަރުވަނަ ސެޓް ވެމްކޯ ހޯދުމާއިއެކު މެޗް ކާމިޔާބު ކުރުމުގެ ފުރުސަތު ވެމްކޯއަށް ވެސް ތަނަވަސް ވިއެވެ. މިމުބާރާތުގައި ފަސް ސެޓަށް ދިޔަ ހަމައެކަނި މެޗްގެ ފަހު ސެޓް 15-8 އިން ކާމިޔާބުކޮށް ގުރޫޕް އޭގެ ދެވަނަ އާއި ސެމީފައިނަލްގެ ދެވަނަ ޖާގަ ހޯދީ ހިރުދަރަމާނީ އެވެ.

ހިރުދަރަމާނީއަކީ ސެމީފައިނަލުން ޖާގަ ހޯދި ތިންވަނަ ޓީމެވެ. ސެމީފައިނަލްގެ ހަތަރުވަނަ ޖާގަ ލިބޭނީ ދިވެހިރާއްޖޭގެ ހުރާ ކޮމިއުނިޓީ އާއި ނޭޕާލްގެ ނޭޕާލް ޕޮލިސް މާދަމާރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top