ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ޕްރެމިއާ ލީގް ފަހު ހަފުތާއަށް ކަޅިއެއް
ފޮޓޯ: ދިވެހި ޕްރެމިއަރލީގު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގް 2025 – 2026ގެ ފަހު ހަފުތާގެ ކުޅުން ނިމިއްޖެއެވެ. ފަހު ހަފުތާގަ ކުޅުން ނިމުނުއިރު ޓީމުތަކުން ހޯދާފައިވާ ނަތީޖާތަކާއި ޕޮއިންޓް ޓޭބަލަށް ބަލާލާނަމެވެ.

ފުރަތަ މަމެޗް: އީގަލްސް ބަލިކޮށް ވެލެންސިޔާ އުންމީދުގައި:

ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެދާނެކަމުގެ ބިރުގައި އޮތް ވެލެންސިޔާ އާއި އީގަލްސް ބައްދަލުކުރި މެޗަކީ ލީގުގެ ފަހު ހަފުތާގެ ފުރަތަމަ މެޗެވެ. ލީގުގެ 9 ވަނަ ޓީމާއި 10 ވަނަ ޓީމު ދެވަނަޑިވިޝަނަށް ރެލިގޭޓް ވާއިރު، މިމެޗުން މޮޅުވިޔަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމުގެ އަމިއްލަ ބާރެއް ވެލެންސިޔާއަކަށް ނެތެވެ. ހަފުތާގެ ކުޅުން ފެށިއިރު ވެސް ލީގުގެ 10 ވަނަ މަގާމާއިއެކު ޔުނައިޓެޑް ވިކްޓަރީ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

އީގަލްސްއާ ވާދަކޮށް 2-0 އިން މޮޅުވެ، ވެލެންސިޔާއިން އުންމީދު އާކުރި މިމެޗްގައި ވެލެންސިޔާއަށް ލަނޑުތައް ޖަހައިދިނީ އައިދު މުޙައްމަދު ޖަވީޒް އާއި މަޓިއަސް އަޕެލްޓް އެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނުވަނަމަ މަގާމުގައި ވެލެންސިޔާ އޮތީ އައްވަނަ މަގާމުގައި އޮތް ގްރީންއާ އެއްވަރަށް ޕޮއިންޓް ހަމަކުރި ނަމަވެސް ލަނޑުގެ ތަފާތުންނެވެ.

ދެވަނަ މެޗް: ޔުނައިޓެޑް ވިކްޓަރީ ކައިރިން ވެސް ވިކްޓަރީ ބަލިވެއްޖެ:

މިހަފުތާގެ މެޗްތަކަށް ބަލާލާއިރު ދެވަނަ މެޗްގައި ބައްދަލުކުރީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ސްޕޯރޓްސް ކުލަބެވެ. ވިކްޓަރީގެ ބީ ޓީމުގެގޮތުގައި އުފެއްދި ނަމަވެސް ވިކްޓަރީއާ ވަކިން ހިންގާތާ އެތައް އަހަރެއް ވެފައިވާ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ބައްދަލުކުރިމެޗް 2-0 އިން ކާމިޔާބު ކުރީ ޔުނައިޓެޑް ވިކްޓަރީއެވެ. މެޗްގެ ފަހުކޮޅު 83 ވަނަ މިނިޓާއި 88 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީން ލަނޑުޖެހިއިރު، ވިކްޓަރީގެ ފޯވާރޑުންނަށް ޔުނައިޓެޑް ވިކްޓަރީގެ ގޯލް ހުޅުވާލެވޭގޮތެއް ނުވިއެވެ. ޔުނައިޓެޑް ވިކްޓަރީއަށް ގޯލްތައް ޖަހައިދިނީ މުސްތަފާ މުޙައްމަދު އަލް ސާޒްލީ އާއި މަހުމޫދު އެވެ.

ތިންވަނަ މެޗް: ގްރީން މެޗަށް ހާޒިރުނުވުމުން ވެލެންސިޔާ ރެލިގޭޓް ވެއްޖެ:

މިހަފްތާގެ ތިންވަނަ މެޗަކީ މުޅި ހަފުތާގެ ވެސް އެންމެ މުހިންމު މެޗެވެ. ލީގުގެ ނުވަވަނަ ޓީމާއި ދިހަވަނަ ޓީމް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާއިރު، މިމެޗާއި ހަމައަށް ވެލެންސިޔާ އާއި ގްރީންއޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށެވެ. ގޯލްގެ ތަފާތުން ގްރީން އަށްވަނައިގައި އޮތްއިރު މިމެޗުން ފަސްލަނޑުގެ ތަފާތުން ގްރީން ބަލިވެއްޖެނަމަ ނުވަވަނަ މަގާމަށް އެޓީމް ވެއްޓި ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެއެވެ. ފުރަތަމަ ބުރުގައި މިދެޓީމްގެ ކުރިމަތިލުން 2-2 އިން އެއްވަރުވިއިރު، އެމެޗްގައި ގްރީންއިން އެއްވަރުކުރީ ނިއުރޭޑިއަންޓް ދެލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ.

މިމެޗަށް ގްރީން ހާޒިރުނުވުމުން ނިއުރޭޑިއަންޓަށް މެޗް ލިބުނީ 2-0 އިންނެވެ. އެއާއެކު ގޯލްގެ ތަފާތުން ގްރީންއަށް އައްވަނަ ޔަގީންވެ ނުވަވަނާގައި އޮތް ވެލެންސިޔާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީއެވެ.

ހަތަރުވަނަ މެޗް: ބުރު މެޗުން ވެސް ޓީސީއަށް މޮޅެއް:  

މި ހަފުތާގެ ހަތަރުވަނަ މެޗްގައި ވާދަކުރީ ލީގުގެ ހަތަރުވަނާގައި އޮތް ބުރު ސްޕޯރޓްސް އާއި ހަތްވަނާގައި އޮތް ޓީސީ ސްޕޯރޓްސް ކުލަބެވެ. ދެވަނަ ބުރުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއްޓީމަކީ ޓީސީއެވެ. އެންމެފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ ޓީސީން ލީގުގައި ކުޅުނު ފަހުމެޗްގައި ވަނީ ބުރު ވެސް ބަލިކޮށްފައެވެ. މިމެޗް ޓީސީ ކާމިޔާބުކުރީ 3-0 އިންނެވެ. މިމެޗްގައި ޓީސީއަށް ލީޑް ނަގައިދިނީ 29 ވަނަ މިނިޓްގައި ޗަލަނަ ޗަމީރާއެވެ. މިގޯލަކީ ޓީސީއަށް ލިބުނު ހިލޭޖެހުމެއް ގޯލުތެރެއަށް ފޮނުވާލައިގެން އޭނާ ޖަހައިދިން ލަނޑެކެވެ. ޓީސީގެ ދެވަނަ ލަނޑު ޖަހައިދިނީ ހުސެއިން ސަރީފްއެވެ. ޓީސީގެ ތިންވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓްގައި އަހްނަފް މުޙައްމަދު ތަސްނީމްއެވެ. މިމެޗުން ހޯދި ތިންޕޮއިންޓާއެކު، ހަވަނައިގައިވާ ވިކްޓަރީއާ ޓީސީ ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ.

ފޮޓޯ: ދިވެހި ޕްރެމިއަރލީގު

ފަސްވަނަ މެޗް: ޗެންޕިއަން މާޒިޔާ ލީގު ނިންމާލީ މޮޅަކުން:

ލީގުގެ ފަހުމެޗްގައި 6 ފެބްރުވަރީ 2026 ދުވަހުގެރޭ ވާދަކުރީ ޗެންޕިއަން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ލީގުގެ ދެވަނަ އޮޑި ސްޕޯރޓްސް އެވެ. ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް މާމުހިންމު ނޫން މިމެޗުން މާޒިޔާ މޮޅުވީ 1-0 އިންނެވެ. މިމެޗްގައި މާޒިޔާއަށް ލަނޑު ޖަހައިދިނީ 14 ވަނަ މިނިޓްގައި އެޓީމުގެ ބިދޭސީ ފޯވާރޑް ސާޖިއޯ މެންޑީ އެވެ. އޭނާގެ މިލަނޑަކީ އަހްމަދު އައިހަމް އާއި ގުޅިގެން އުފެއްދި ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިއީ މާޒިޔާއިން ލީގު ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ލީގު ނިމުނުއިރު ޓީމުތަކަށް ޕޮއިންޓް ލިބިފައިވާގޮތަށް ބަލާލާއިރު، ޗެންޕިއަން މާޒިޔާއަށް 48 ޕޮއިންޓް، ދެވަނަ ހޯދި އޮޑިއަށް 39 ޕޮއިންޓް، ތިންވަނަ ހޯދި ނިއުރޭޑިއަންޓަށް 37 ޕޮއިންޓް، ހަތަރުވަނަ ހޯދި ބުރަށް 29 ޕޮއިންޓް، ފަސްވަނަ ހޯދި އީގަލްސްއަށް 23 ޕޮއިންޓް، ހަވަނަ ހޯދި ވިކްޓަރީ އާއި ހަތްވަނަ ހޯދި ޓީސީއަށް 21 ޕޮއިންޓް، އައްވަނަ ހޯދި ގްރީން އާއި ނުވަވަނަ ލިބުނު ވެލެންސިޔާއަށް 12 ޕޮއިންޓް، ލީގުގެ އެންމެފުލަށްދިޔަ ޔުނައިޓެޑް ވިކްޓަރީއަށް 11 ޕޮއިންޓް ލިބުނެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

3 ގަޑިއިރު ކުރިން

ވަރަށް މައުލޫމާތު މުއްސަނދި ލިޔުމެއް. މުނިއަވަސް އިން ކުޅިވަރު މިހާ ސަޅިކޮށް ގެންނަތަން ފެނުނީމަ ވަރަށް އުފާވެއްޖެ.

Home
Menu
Search
Back to top