ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕަތީ ޕަތުނީ އޯރް ވޯ ދޯ” އަށް އާ ތާރީޚެއް

ބޮލީވުޑް އެކްޓަރު އަޔުޝްމާން ކުރާނާގެ “ޕަތީ ޕަތުނީ އޯރް ވޯ ދޯ” ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
ކައިވެނި ކޮށްގެން އުޅޭ ފިރިހެނަކު ކައިވެނީގެ ބޭރުން ދެ އަންހެނަކާ ބާއްވާ ގުޅުމުގެ ސަބަބުން ދިމާވާ ކަންތައްތަކެއް ހެއްވާ މަޖާ ގޮތަކަށް ގެނެސްދޭ “ޕަތީ ޕަތުނީ އޯރް ވޯ ދޯ” ގައި އަޔުޝްމާންއާއެކު އިސް ރޯލުތަކުން ފެނިގެންދާނީ ސާރާ ޢަލީ ޚާން، ރަކުލް ޕްރީތު ސިންގް އަދި ވަޤީމާ ގައްބީއެވެ.
ކުރިން އަންނަ މާރިޗު މަހުގެ 4 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް މި ފިލްމު ރިލީޒްކުރުން ފަސްކުރީ ފިލްމުގެ އެއް ލަވަ ޝޫޓްކުރަން އޮތުމާއެކު އެ ތާރީޚަށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ނިންމާނުލެވޭނެތީކަމަށް ފިލްމުގެ ޓީމުން ބުނެފައިވެއެވެ.
މުދައްސަރް އަޒީޒް ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ކާތިކް އާރްޔަން، ބޫމީ ޕެޑްނޭކަރް އަދި އަނަންޔާ ޕާންޑޭއާއެކު ގެނެސްދިން ރޮމް-ކޮމް ފިލްމު “ޕަތީ ޕަތުނީ އޯރް ވޯ” ގެ ސީކުއެލްއެއްގެ ގޮތުގައި ގެނެސްދޭ “ޕަތީ ޕަތުނީ އޯރް ވޯ ދޯ” ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ 15 އަށެވެ. ދެވަނަ ބައިވެސް ޑައިރެކްޓްކުރަނީ މުދައްސަރް އަޒީޒެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top