ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާން ޚާންގެ “ބެޓްލް އޮފް ގަލްވާން” އަންނަ އޯގަސްޓް މަހު ރިލީޒްކުރާގޮތަށް ހަމަޖެހިއްޖެ

ފިލްމުގެ މަސައްކަތްތަކާއި އެޑިޓިންގްއަށް ދިމާވި ލަސްތަކަކާ ގުޅިގެން، ސަލްމާން ޚާންގެ މި ހަނގުރާމަވެރި ފިލްމު އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ރިލީޒްކުރާގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

ބޮލީވުޑްގައި މިހާރު އެންމެ ބޮޑު އިންތިޒާރެއް ކުރެވެމުންދާ އެއް ފިލްމު ކަމަށްވާ ސަލްމާން ޚާންގެ މި އައު ފިލްމު ރިލީޒްކުރުން ފަސްކުރަން ޖެހުނީ އުފެއްދުމުގެ މަސައްކަތްތަކަށް ދިމާވި ބައެއް ދަތިތަކާ ހުރެއެވެ. ނަމަވެސް، ފިލްމު ރިލީޒްކުރާނެ އައު ތާރީޚެއް މިހާރު ކަނޑައެޅިފައިވުމާއެކު، ސަޕޯޓަރުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

މީގެ ކުރިން ބޮލީވުޑް ހަންގާމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިން ތާވަލުކުރި އޭޕްރީލް 17 ވަނަ ދުވަހު “ބެޓްލް އޮފް ގަލްވާން” ސިނަމާތަކަށް ނާންނާނެއެވެ. މި ޚަބަރު ފެތުރުމާއެކު ސަޕޯޓަރުންގެ މެދުގައި ސުވާލުތަކެއް އުފެދުނު ނަމަވެސް، މިހާރު ވަނީ އައު ތާރީޚަކާއެކު ކަންކަން ސާފުވެފައެވެ.

މުުއަތަބަރު މަސްދަރަކާ ހަވާލާދީ އެ ނޫހުން ރިޕޯޓްކުރާ ގޮތުގައި، “ބެޓްލް އޮފް ގަލްވާން” ރިލީޒްކުރުން ފަސްކޮށް، މިހާރު ހަމަޖެހިފައިވަނީ 14 އޯގަސްޓް 2026 ގައި ރިލީޒްކުރުމަށެވެ.

ސަލްމާން ޚާން އަދި ފިލްމުގެ އުފެއްދުންތެރިން ގަބޫލުކުރާ ގޮތުގައި އޯގަސްޓް 15 ގައި ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ފިލްމު ނެރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެ ދުވަސްވަރަކީ ގައުމީ ރޫހު ވަރަށް ވަރުގަދަވާނެ ދުވަސްވަރަކަށް ވުމުން، މިފަދަ ފިލްމެއް ބަލާލުމަށް އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ފިލްމުގެ އުފެއްދުންތެރިން ހާމަކޮށްފައި ނުވި ނަމަވެސް، އެހެން މަސްދަރަކުން ބުނާ ގޮތުގައި ވަރަށް އަވަހަށް ރަސްމީކޮށް މި ތާރީޚު އިޢުލާން ކުރާނެއެވެ.

ފިލްމު ލަސްވާން ދިމާވި ސަބަބަކީ ފިލްމުގެ ބައެއް މަސައްކަތްތައް އަދިވެސް ނުނިމި ހުރުމެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ބައެއް މަންޒަރުތައް އަލުން ނެގުމަށް (ރީޝޫޓް ކުރުމަށް) ކުރިން ހީކުރި ވަރަށް ވުރެ ގިނަ ވަގުތު ނަގަމުންދާތީ، ފެބްރުއަރީ މަހުގެ ނިޔަލަށް މުޅި ޝޫޓިންގް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އެޑިޓިންގްގެ މަސައްކަތްތަކާއި ހުއްދަ ހޯދުމުގެ މަރުހަލާތަކުގެ ސަބަބުން ވެސް މަސައްކަތްތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. ގަވާއިދުތައް ބުނާގޮތުން “ބެޓްލް އޮފް ގަލްވާން” އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްއަށް ދައްކައިގެން ހުއްދަ ހޯދަން ޖެހެއެވެ. އުމުރުން 60 އަހަރުގެ މަޝްހޫރު ތަރި ސަލްމާން ޚާން ވެސް ބޭނުންވަނީ އަވަސް އަރުވާލައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި، ފުރިހަމައަށް ވަގުތު ނަގައިގެން ފިލްމުގެ މަސައްކަތްތައް ނިންމުމަށެވެ.

ނަމަވެސް، މި އައު ތާރީޚާ އެކު ފިލްމަށް އައު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ. އެއީ ކާތިކް އާރްޔަންގެ “ނާގްޒިލާ” ވެސް އެ ތާރީޚުގައި ރިލީޒްކުރަން ހަމަޖެހިފައި އޮތުމުން، ބޮކްސް އޮފީހުގައި މި ދެ ފިލްމުގެ ބޮޑު ކުރިމަތިލުމެއް މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް ފެނިގެންދާނެތީއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top