ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޫސަ އެކަޑަމީގެ ފުރަތަމަ “ސުޕަ ކަޕް” ގެ ފައިނަލް މެޗު މިރޭ

މޫސަ އެކަޑަމީން މުޅިން އަލަށް ތައާރަފްކުރިސުޕަ ކަޕްގެ ފޯރިގަދަ ފައިނަލް މެޗު މިރޭ ކުޅުމަށްހަމަޖެހިއްޖެއެވެ. މި މުބާރާތަކީ އެ އެކަޑަމީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ކުޅުންތެރިންގެމެދުގައި ވާދަވެރިކަން އުފެއްދުމުގެ މަގުސަދުގައި އަލަށް ފެށި މުބާރާތެކެވެ.

މިރޭ އޮންނަ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފެނަކަ ޓީމާއި ހުޅަނގު މެދު ޓީމެވެ. ހުޅަނގު މެދުޓީމަކީ މިދިޔަ އަހަރު ބޭއްވުނު ވިލީގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވުމާއެކު، މިރޭގެ މެޗަކީ ވަރަށް ވާދަވެރި އަދި ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ބެލެވެއެވެ.

މި މުބާރާތުގެ ތަށި ކާމިޔާބުކުރުމަށް ދެ ޓީމުންވެސް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެކަޑަމީން މައުލޫމާތު ދޭ ގޮތުގައި، މި ތާރީޚީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:15 ގައެވެ. އަދި މާދަމާ ރޭ ވިލީ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅެވިގެން ދާ އެއް މެޗަށްވެސް ވެގެން ދާނެއެވެ.

މޫސަ އެކަޑަމީން އަލަށް ތައާރަފްކުރި މި ސުޕަ ކަޕަކީ އެ އެކަޑަމީގެ ކުޅިވަރު ކަލަންޑަރަށް އިތުރުވިމުހިންމު ކުރިއެރުމެކެވެ

މިވެސް ކިޔާލަން:  މިފަހަރު ވެސް މޫސަ އެކަޑަމީން ހޮޅުދޫގައި ފުޓްސަލް ޗެލެންޖް ބާއްވަނީ
3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top