ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހޮޅުދޫ ވިލީ ފުޓްސަލް ޗެލެންޖް ފަށައިފި

ފުރަތަމަ މެޗު އެއްވަރު، ދެވަނަ މެޗު ހުޅަނގު ދެކުނުން ކާމިޔާބުކޮށްފި

ނ. ހޮޅުދޫގެވިލީތަކަށް އަމާޒުކޮށްގެން މޫސަ އެކަޑަމީން އިންތިޒާމުކުރާވިލީފުޓްސަލް ޗެލެންޖްރޭ ވަނީ ފޯރިއާއެކު ފަށާފައެވެ. ރަށުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ވިލީތަކުގެ މެދުގައި ބާއްވާ މި މުބާރާތުގެ ފުރަތަމަ ރޭ ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު، ދެވަނަ މެޗުން ހުޅަނގު ދެކުނު ވަނީ މޮޅުވެފައެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުޅަނގު މެދާއި އިރުމެދެވެ. ދެ ޓީމުގެ ފަރާތުން ވެސް ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، ހުޅަނގު މެދު ޓީމުން ވަނީ ޖެހިޖެހިގެން ދެ ގޯލު ޖަހައި ލީޑުނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އިސްމާއިލް މަހުފޫޒް (އޯގީ) ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޖަހައިދިނީ އުބައިދުﷲ އިބްރާހިމެވެ.

ފުރަތަމަ ހާފު 2-0 އިން ހުޅަނގު މެދު ކުރީގައި އޮވެގެން ނިމުނު ނަމަވެސް، ދެވަނަހާފުގައި އިރު މެދު ޓީމުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުނިމެން އުޅެނިކޮށް އިރު މެދު ޓީމުން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމަށް މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަމްދާޙް އަލީ އާއި މުހައްމަދު އާއިދެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހުޅަނގު ދެކުނާއި އިރު އުތުރެވެ. މޮޅުކުޅުންތެރިންތަކެއް ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ޖަހައި ހުޅަނގު ދެކުނަށް ލީޑު ހޯދައިދިނީ މުހައްމަދު އިރުޝާދެވެ. އޭގެ ފަހުން އިރު އުތުރުގެ މުހައްމަދު ޒަމީރު ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗު ނިމެން އުޅެނިކޮށް ޒާއިން ޒަކީ ޖެހި ލަނޑާއެކު ހުޅަނގުދެކުނުން ވަނީ އަލުން ދެ ގޯލުގެ ފަރަގެއް ހޯދާފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ހުޅަނގު ދެކުނު ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު އިރުޝާދެވެ. މިއީ މި މުބާރާތުގައި ހުޅަނގު ދެކުނު ކުޅުނު ފުރަތަމަ މެޗުން ހޯދި މުހިންމު މޮޅެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top