– ހުޅަނގު މެދު އަދި ހުޅަނގު ދެކުނު މޮޅެއް
މޫސަ އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ވިލީ ފުޓްސަލް ޗެލެންޖް” ފޯރިގަދަ ކުޅުމަކާއެކު ދުވަހަކަށް ފަހު ދުވަހެއް ކުރިއަށް ދަނީއެވެ. އިއްޔެ ރޭ ކުޅެވުނު ފޯރިގަދަ ދެ މެޗުގެ ތެރެއިން ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ރޭ ކުޅެވުނު މެޗުތަކަކީ ވެސް ވާދަވެރި މެޗުތަކެކެވެ.
ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުޅަނގު މެދު އަދި ހުޅަނގު އުތުރުގެ ޓީމެވެ. މި މެޗު 6-2 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ހުޅަނގު މެދު ޓީމެވެ. މުޅި މެޗުގައި ވެސް ހުޅަނގު މެދު ޓީމުން ވަނީ ރޭވުންތެރި ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހުޅަނގު ދެކުނު ގެ 2 ގޯލް ވެސް ކާމިޔާބުކޮށްފައިވަނީ އުބައިދުﷲ އިބްރާހީމް އެވެ. ފުރަތަމަ ހާފް 2-0 ގެ ނަތީޖާއިން ނިންމާލި އިރު، ފަހު ވަގުތު ވަނީ 4 ގޯލް ޖަހާ ބޮޑު ފަރަގެއް ހަދާފައެވެ، 3 ވަނަ ގޯލް ޖަހާފައި ވަނީ ރުޝްދާން އާއި މުހައްމަދު އަޒުހަދު އާއި ހާޒިމް ފައުޒީ އަދި ފަތޫގެ ގޯލްއިންނެވެ. ފަހު ވަގުތު ގައި ހުޅަނގު އުތުރު ވަނީ ފަރަގު ކުޑަކޮށްފައެވެ. ހުޅަނގު އުތުރުގެ 2 ގޯލް ޖަހައިފައި ވަނީ ޝިނާން އާއި ރައުލް އެވެ. މި މެޗްގެ މޭން އޮފް ދަ މެޗްގެ ޝަރަފް ލިބިފައި ވަނީ ހާޒިމް ފައުޒީ އަށެއެވެ.

ރޭގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ހުޅަނގު ދެކުނު އަދި އިރު ދެކުނު ޓީމެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ ހުޅަނގު ދެކުނު ޓީމެވެ. ވާދަވެރި ކަމެއް ފެނިގެންދާ މި މެޗްގައި 4-1 އަކުން މޮޅުވެފައިވަނީ ހުޅަނގު ދެކުނެއެވެ. މޮޅު ކުޅުމެއް ފެނުނު މި މެޗްގައި ހުޅަނގު ދެކުނު 4 ގޯލް ޖަހާފައި ވަނީ ހަސަން ސޯލިހް އާއި ސަފްފަ އާއި ޒާއިން އެވެ. މެޗް ނިމެން ކައިރިވެފައިވަނިކޮށް ހުޅަނގު ދެކުނު ގޯލަށް ހާތިމްގެ ގޯލް ޖެހި ގޯލާ އެކު އިރު ދެކުނު ވަނީ ފަރަގު ކުޑަކޮށްފައެވެ.
މޭން އޮފް ދަ މެޗަށް ހޮވިފައިވަނީ ހުޅަނގު ދެކުނު ޓީމަށް ކުޅެމުން އަންނަ ހުސެން ސަފްފަ އެވެ.
މިއީ ހުޅަނގު ދެކުނާއި ހުޅަނގު މެދަށް ލިބުނު މޮޅެކެވެ.

