އެފްއޭއެމް ވެޓެރަންސް 2026ގެ 3 ވަނަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު މިމެޗްގައި ބައްދަލުކުރީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ބުރު ސްޕޯޓްސްއެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށް ވެސް ވަނީ ލިބިފައެވެ.
އިއްޔެގެ މެޗުގެ ކުރީކޮޅު 2 ކަނޑުގެ ލީޑެއް ޔޫވީން ހޯދި ނަމަވެސް ބުރު ވަނީ ފަހަތުން އަރައި 2 ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ.
މިމެޗްގައި ޔޫވީއަށް ލަނޑު ޖަހައިދިނީ 9 ވަނަ މިނިޓްގައި ހަބީބު މޫސާ އާއި 24 ވަނަ މިނެޓުގައި މުއާޒް އެވެ. ބުރަށް ލަނޑު ޖަހައިދިނީ 30 ވަނަ މިނިޓާއި 59 ވަނަ މިނެޓުގައި ހުސެއިން ސަޒީމް އެވެ.
މިއަދު (23 ފެބްރުއަރީ) ކުޅުމަށް ހަމަޖެހިފައިވާ، މިމުބާރާތުގެ 4 ވަނަ މެޗުގައި ބައްދަލުކުރާނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ހުޅުމާލޭ ވެޓަރަންސް އެވެ.
ކިޔުންތެރިންގެ ޚިޔާލު
