ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިލީ ފުޓްސަލް ޗެލެންޖުގެ ފައިނަލަށް “އިރު މެދު” ދަތުރުކޮށްފި

ނ. ހޮޅުދޫގައި މިހާރު ކުރިއަށްދާ “ވިލީ ފުޓްސަލް ޗެލެންޖް”ގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ނިމި، މުބާރާތުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ “އިރު މެދު” އަދި “ހުޅަނގު ދެކުނު” ޓީމެވެ. ވާދަވެރި ކުޅުމަކަށްފަހު 3-2ގެ ނަތީޖާއަކުން ހުޅަނގު ދެކުނު ބަލިކޮށް، އިރު މެދު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. މި މެޗުގައި އިރު މެދު ޓީމަށް އާއިދު ދެ ގޯލް ކާމިޔާބުކޮށްދިންއިރު، އަނެއް ގޯލް ޖަހައިދިނީ އަލްސަންއެވެ. ހުޅަނގު ދެކުނު ޓީމުން ޖެހި ދެ ގޯލްވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ހަލީމެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ “ހުޅަނގު މެދު” އަދި “އިރު އުތުރު” އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 4-4 އިން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-8 ގެ ނަތީޖާއަކުން ކުރިހޯދައި، ހުޅަނގު މެދެއެވެ . މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ހުޅަނގު މެދު ޓީމުގެ ހާޒިމް ފައުޒީއެވެ.

މިރެޔަކީ  މޫސަ ވިލީ ފުޓްސަލް ޗެލެންޖަށް ބޮޑު ރެއެކެވެ. މިރެއަކީ އިރު މެދާ އެކު ކުޅެންޖެހޭ ޓީމެއް ބަލާ އެއް ރެއެވެ. މިރޭ ބައްދަލު ކުރާ 2 ޓީމަކީ  ހުޅަނގު މެދު އަދި ހުޅަނގު ދެކުނެއެވެ. މި ދެ ޓީމުން އަންނަނީ އެތަކެއް ތައްޔާރީ ތަކެއް ވަމުންނެއެވެ.

މި މުބާރާތަކީ ހޮޅުދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި ކުޅިވަރުގެ ރޫހު ދެމެހެއްޓުމަށް ބާއްވާ ފޯރިގަދަ މުބާރާތެކެވެ. މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިރު މެދު އަދި ހުޅަނގު މެދު ޓީމެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top