މަޝްހޫރު އަދި ތަޖުރިބާކާރު އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް މިއަދު ނިޔާވެއްޖެއެވެ. ނިމާލް ނިޔާވީ މިއަދު ހެނދުނު 06:50ގައި އައިޖީއެމް ހޮސްޕިޓަލުގައެވެ.
ނިމާލަށް ސްޓްރޯކެއް ޖެހުނީ 31 ޑިސެމްބަރު 2025ގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާދިނުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރިއެވެ.
ނިމާލް ނިޔާވީ ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން މަސައްކަތްފަށާފައި ވަނިކޮށެވެ.
އުމުރުން 62 އަހަރުގެ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

ކިޔުންތެރިންގެ ޚިޔާލު
