ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިިލިމާލެ ޔުނައިޓެޑް ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ މިއަދުގެ މެޗުން ވިލިމާލެ ޔުނައިޓެޑް މޮޅުވެއްޖެ އެވެ. މިއަދު ހޯދި މޮޅާއިއެކު ވިލިމާލެ ޔުނައިޓެޑް މިވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޖެހީ ދިވެހި ސިފައިންގެ ކުލަބެވެ. ސިފައިންގެ ކުލަބު ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ދިފާއުކުރަން މަސައްކަތް ކުރި ވިލިމާލެ ޔުނައިޓެޑުގެ ކީޕަރު ޝިނާނު އަތުން ދޫވި ބޯޅަ ލިބުނީ އޭރިޔާތެރޭ މުޅިން ހުސްކޮށް ހުރި އަހްމަދު ރަޝީދުއަށެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި އަހްމަދު ރަޝީދު ވަނީ ފުރަތަމަ ލަނޑު ސިފައިންގެ ކުލަބަށް ޖަހައިދީފައެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ވިލިމާލެ ޔުނައިޓެޑުން ހަމަހަމަކުރީ 29 ވަނަ މިނެޓުގައެވެ. މެދުރޮނގު ކައިރިން ސިފައިންގެ ކުލަބުގެ ހާފުތެރެއިން ވިލިމާލެ ޔުނައިޓެޑްގެ ސޮލާހަށް ބޯޅަ ލިބުނުއިރު ސިފައިންގެ ކުލަބު ކުޅުންތެރިން ތިބީ އޮފްސައިޑް ކަމަށް ބަލައިގެންނެވެ. މުޅިން ހުސްކޮށް ބޯޅަ ހިފައިގެންދިޔަ ސޮލާހު އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ، ބޯޅަ ހޯދުމަށް ގޯލް ދޫކޮށް އޭރިޔާ ބޭރަށް ނުކުތް ކީޕަރު ކައިރިން ވެސް ނައްތާލުމަށްފަހުއެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 ގައި އޮވެއެވެ.

ދެވަނަ ހާފުގައި ވިލިމާލެ ޔުނައިޓެޑްގެ ކުޅުން ފެނުނީ ކުރީ ހާފަށްވުރެ ރަނގަޅަށެވެ.

ފަހަތުން އަރައި ވިލިމާލެ ޔުނައިޓެޑް މޮޅުވި މިމެޗުގައި ވިލިމާލެ ޔުނައިޓެޑުން ލީޑު ނެގީ 48 ވަނަ މިނިޓްގައި ހުސެއިން ރަޝީދު ޖެހި ލަނޑުންނެވެ.

3-1 އިން ވިލިމާލެ ޔުނައިޓެޑް މޮޅުވި މިމެޗުގައި ވިލިމާލެ ޔުނައިޓެޑުން ޖެހި 3 ވަނަ ލަނޑު 57 ވަނަ މިނެޓުގައި ޖެހީ އާދަމް މައުރޫފު އެވެ.

މިމުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި މުއިވެޔޮ ފުރެންޑްސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top