ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލިނޫރު” ނަމުގައި އަމިއްލަ ރާގުގެ ދިވެހި މަދަހަ އަލްބަމެއް ނެރެފި

ސްރީލަންކާގައި ދިރިއުޅޭ މަޝްހޫރު މިއުޒިޝަން އިބްރާހީމް ނިފާރު (ތިއްތި) އިސްނަގައިގެން ތައްޔާރުކުރި ސައްތައިން ސައްތަ އަމިއްލަ ދިވެހި ރާގުގެ މަދަހަ އަލްބަމް “އަލިނޫރު” ނެރެފިއެވެ.

“މިނިމް ސްޓޫޑިއޯ”އިން ތައްޔާރުކުރި މި އަލްބަމް ނެރުނީ 14 މާރިޗު 2026 ގައި ކަމަށް ނިފާރު ބުނެފައިވެއެވެ. ޖުމްލަ ފަސް މަދަހަ ހިމެނޭ މި އަލްބަމުގެ ލީޑް ބައި ކިޔާފައިވަނީ ސްރީލަންކާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންތަކެކެވެ. އެ ކުދިންނަކީ ޝަމްހާން ވަހީދު، މަރްޔަމް މިސްކް މުރުޠަޟާ، ފާތިމަތު ވަފާ ޢަބްދުލް ވާހިދު، މަރްޔަމް އަޝާ އާމިރު އަދި ފާތިމަތު ޒޯޔާ މުޙައްމަދެވެ. ހާމަނީ ބައި ކިޔާފައިވަނީ އިބްރާހީމް ވަހީދާއި ޖައުފަރު ޝަފީއުއެވެ.

ނިފާރު ބުނި ގޮތުގައި އައު ކުދިންތަކަކަށް މި ފުރުސަތު ދިނީ މި ދާއިރާއަށް އައު ފަންނާނުންތަކެއް ނެރުމުގެ މަގުސަދުގައާއި ކުދިންގެ ހުންނަ ހުނަރު ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މަގުސަދުގައެވެ.

މި އަލްބަމުގެ މަދަހަތައް ހައްދަވާފައިވަނީ މަޝްހޫރު ޅެންވެރިޔާ ﷲ އަބްދުއް ރަޝީދު (ލިނެޓް) އާއި އައްޝައިޚު މުހައްމަދު އަފުޒަލް އަދި އިބްރާހީމް ވަހީދެވެ.

ރަމަޟާން މަހު މަޝްވަރާތައްކުރެވިގެން ފެށި މި މަސައްކަތުގެ އޯޑިއޯ ރެކޯޑިންގ އަދި ވީޑިއޯ ނެގުން ވެސް ރޯދަ މަސް ނިމުމުގެ ކުރިން ނިންމައި، އަލްބަމް ނެރުމުގެ ހަފުލާ ބާއްވާފައިވެއެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދިނީ މަޝްހޫރު ޅެންވެރިޔާ އަދި ކުޅިވަރު ދަނޑުގެ އެކުވެރި ޑޮކްޓަރު އަހުމަދު ޝަކީބެވެ. ޚާއްސަ މެހެމާނެއްގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ވެސް އެ ހަފުލާގައި ބައިވެރިވެފައިވެއެވެ.

މި އަލްބަމުގެ ހިއްސާދާރުންނަކީ މުހައްމަދު އަބްދުއްސައްތާރު (ނިއޯ) އަދި އިސްމާޢީލް ޝިބާންއެވެ. ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަރު މަސްއޫދު އިމާދާއި ތާޑް ސެކްރެޓަރީ އާމިނަތު ޝަރުމީލާގެ އެހީތެރިކަން ލިބިފައިވާ ކަމަށް ނިފާރު ބުނެފައިވެއެވެ. މީގެ އިތުރުން ޕިންކް ބެލާ ފިހާރަ، ފިލިވޮށި ޖުވެލަރީ އަދި އެވިޑް ކޮލެޖުން ވެސް މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް ޚާއްޞަ މެހެމާނެއްގެ ގޮތުން މިދުހަތު އާދަމް ބައިވެފައިވެއެވެ.

މި އަލްބަމްގެ ހުރިހައި ކަމެއްގައި ވަރަށް ބޮޑު އެހީތެރިކަމެއް ޒަހޫގެ ފަރާތުން ލިބިފައިވާކަންވެސް ތިއްތި ފާހަގަކުރިއެވެ.

މި އަލްބަމް މިހާ ފުރިހަމަ މަސައްކަތަކަށް ވެގެން މި ދިޔައީ އަލްބަމަށް މަދަހަ ކިޔައިދިން ދަރިވަރުންނާއި ވާކީން ޚާއްޞަކޮށް އެ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުންކަން ފާހަގަކޮށް އެ ފަރާތްތަކަށް މި އަލްބަމް ނެރުމުގައި އިސްކޮށް އުޅުނު ހުރިހައި ފަރާތްތަކުން ޝުކުރުއަދާކުރެއެވެ.

 

މުނިއަވަސް ޓިކްޓޮކުން ވެސް “އަލިނޫރު” މަދަހަ އަލްބަމް އެއްކޮށް އަޑުއަހާ ބަލައިލެވޭނެއެވެ. މުނިއަވަސް ޓިކްޓޮކްގައި މި މަދަހަތައް ބޭނުންކޮށްފައި އެވަނީ މަދަހަ އަލްބަމްގެ ހިއްސާދާރުންގެ ހުއްދައާއެކުގައެވެ.

@muniavas HIDHAAYATH ALHAMENAH ( ALINOORU ALBUM ) PRODUCED BY : IBRAHIM NIFAR ISMAIL SHIBAN AND MOHAMED ABDUL SATTAR VOCAL : MARIYAM MISK MURUTHALA , SHAMHAAN WAHEED , FATHIMATH WAFA ABDUL WAHID , MARIYAM ASHAA AMIR , FATHIMATH ZOYA MOHAMED , IBRAHIM WAHEED , JAUFAR SHAFEEU LYRICS : HAMID TITLE DESIGN : ISMAIL SHIBAN VOCAL ARRANGEMENT RECORDING MIXING AND MASTERING : THITHTHI VIDEO PRODUCTION DIRECTOR : IBRAHIM NIFAR CAMERA EDITING : IBRAHIM NIFAR ART DIRECTOR : ISMAIL SHIBAN LIGHTING : MOHAMED ABDUL SATTAR VISUAL EFFECT : IBRAHIM NIFAR CREDITS AND END TITLE : MOHAMED ABDUL SATTAR COSTUME DESIGNER : ZAHU MAKE-UP : SHENYN , SAI , ZAHU , ZULAY SPONSORED BY : PINK BELLA – AVID COLLEGE – FILI VOSHI JEWELLERY – IBRAHIM HAMEEZ – MOHAMED YAIL BIN SHANEEZ – AHAMED KAMAL – MARIYAM SHAZANA YOUSUF – NAZIM AHMED – IBRAHIM AFLAH – SHAFYGA MOHAMED SPECIAL THANKS : ZULAIKHA ABDUL GADIR – JAUFAR – HASSAN SHAHID – ISMAIL MAMDHOOH – SHAHNEEZ RASHID – AMINATH SHENYN – AMINATH SALMA – AMINATH ABDUL HALEEM – IBRAHIM WAHEED – ABDULLAH WAHEED – AISHATH ZAHURA – ALI ZIYAD @mrnifar #dhivehisong #dhivehitiktok #fypシ゚viral #foryou #foryoupage #fypシ #fyp #foryoupageofficiall #viralvideo ♬ original sound – MUNIAVAS

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top