ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެމްސަންގް އިންޓަނެޓް ބްރައުޒާ އޭއައި ފީޗާތަކާ އެކު ޕީސީއަށް!

ބީޓާ ޓެސްޓިންގެ ދުވަސްތަކަކަށް ފަހު، ސެމްސަންގުން އެ ކުންފުނީގެ ބްރައުޒާ ވިންޑޯޒް ޕީސީތަކަށް ރަސްމީކޮށް ނެރެފިއެވެ.

ސެމްސަންގް އިންޓަނެޓް ބްރައުޒާ އަކީ މިހާރުވެސް ގެލެކްސީ ޑިވައިސްތަކުގައި ޕްރީއިންސްޓޯލް ކޮށްފައި ހުންނަ ބްރައުޒާއެކެވެ. ވިންޑޯޒް ވާޝަންގެ ބޭނުމަކީ ފޯނާއި ޕީސީއާ ދެމެދު ބްރައުޒިން ސެޝަން ފަސޭހައިން ކުރިއަށް ގެންދެވޭ ގޮތް ހެދުމެވެ. މި ބްރައުޒާގެ ހުރިހާ ފީޗާއެއް ބޭނުންކުރުމަށް ސެމްސަންގް އެކައުންޓެއް ބޭނުންވެއެވެ. ނަމަވެސް ކްރޮސް-ޑިވައިސް ފީޗާތައް މިވަގުތު ލިބެނީ ހަމައެކަނި ސެމްސަންގް ގެލެކްސީ ބުކް ލެޕްޓޮޕްތަކަށެވެ. ސެމްސަންގުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި އިތުރު ޑިވައިސްތަކަށް ސަޕޯޓް ފުޅާކުރާނެއެވެ. މީގެ އިތުރުން ސެމްސަންގް ޕާސް އިންޓެގްރޭޝަން ހިމެނޭތީ ލޮގިން ކްރެޑެންޝަލްސް އާއި ޕޭމަންޓް މަޢުލޫމާތު އޮޓޯފިލް ކުރެވެއެވެ.

މި ބްރައުޒާގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޕާޕްލެކްސިޓީ އިންޓެގްރޭޝަނާ އެކު ލިބޭ އޭއައި ޤާބިލުކަމެވެ. މި ފީޗާގެ ސަބަބުން ބްރައުޒާއަށް ބޭނުންކުރާ މީހާ ބަލަމުންދާ ޕޭޖުގެ ކޮންޓެކްސްޓް ދެނެގަނެ، ތަފާތު ޓެބްތަކުގެ މަޢުލޫމާތު އެއްކޮށް ޖަވާބު ފޯރުކޮށްދެވެއެވެ. މިސާލަކަށް ތުރުކީ އަށް ދަތުރެއް ރާވަމުންދާ ނަމަ، ޕާޕްލެކްސިޓީ ސައިޑްބާ ހުޅުވައި އެ ޕޭޖުގެ ކޮންޓެންޓަށް ބިނާކޮށް ޓްރެވަލް ޕްލޭނެއް ހެދުމަށް އެދެވެއެވެ.

މީގެ އިތުރުން، ބްރައުޒިން ހިސްޓްރީ ހޯދުމުގައިވެސް އޭއައި ބޭނުންކުރެވެއެވެ. ޔޫއާރްއެލްތައް ހާވާކަށް ނުޖެހެއެވެ. ހޯދަން ބޭނުންވާ އެއްޗެއް ލިޔުމުން ބްރައުޒާއިން އެ ލިންކް ހޯދައިދެއެވެ.

ސެމްސަންގް އިންޓަނެޓް ފޯ ވިންޑޯޒް ވިންޑޯޒް 11 އާއި ވިންޑޯޒް 10 (ބިލްޑް 1809 ނުވަތަ އައު ވާޝަން) ގައި ބޭނުންކުރެވެއެވެ. އޭއައި ފީޗާތައް އެންޑްރޮއިޑް އާއި ވިންޑޯޒް ދެ ޕްލެޓްފޯމުގައިވެސް ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top