ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދްރިޝްޔަމް” ގެ ސްޕެނިޝް ރީމޭކް ޖޫންގައި ޝޫޓިން ފަށަނީ

ބޮލީވުޑްގެ ކާމިޔާބު ފިލްމު “ދްރިޝްޔަމް”ގެ ސްޕެނިޝް ބަހުން ތައްޔާރުކުރާ ރީމޭކްގެ ޝޫޓިން އަންނަ ޖޫންގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ރޮޑްރީގޯ އެސްޕިނެލް ކަށަވަރުކޮށްދީފިއެވެ.

ދިއްލީގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ވާހަކަ ދައްކަމުން ރޮޑްރީގޯ އެސްޕިނެލް ބުނީ

“މިއީ ޝައުގުވެރި ވާހަކައެއް، ސަބަބަކީ އަހަރެންގެ ޕާޓްނަރަކީ މެކްސިކޯގެ ޕްރޮޑިއުސަރެއް، އޭނާ އައިޕީ ރައިޓްސް ގަތީ، އަދި ސްޕެއިންގައި ޓެކްސް އިންސެންޓިވް ރަނގަޅުވީމާ އަހަރެމެންނަށް ގުޅީ. މި ކޮންސެޕްޓް ސްޕެނިޝް ސަގާފަތަށް ފުރިހަމައަށް ފެތޭ. އެހެންވެ މިހާރު މަސައްކަތް ފެށިއްޖެ، އަންނަ ޖޫންގައި ޝޫޓިން ފަށާނެ. ފިލްމުގައި ހިމެނެނީ ސްޕެނިޝް ޑައިރެކްޓަރަކާއި ސްޕެއިންގެ ފެންވަރު ރަނގަޅު ކާސްޓެއް”

ސްޕެނިޝް އޯޑިއެންސަށް “ދްރިޝްޔަމް” ކަމުދާނެ ސަބަބާ ބެހޭ ގޮތުން ރޮޑްރީގޯ ބުނީ:

“ހަގީގަތުގައި މިއީ ދަރިފުޅު ހިމާޔަތްކުރަން މަސައްކަތްކުރާ ބައްޕައެއްގެ ވާހަކައެއް، އަދި ދަރިފުޅު ވީތަނެއް ހޯދަން މަސައްކަތްކުރާ މަންމައެއްގެ ވާހަކައެއް. ވަރަށް ލޯކަލް ފިލްމެއް އެޑެޕްޓް ކުރަން އުޅެފިއްޔާ އެއީ އުނދަގޫ ކަމެއް. ވާހަކަ އެޑެޕްޓް ކުރިޔަސް ފިލްމުގެ ރޫހު ގެއްލޭ. އެކަމަކު މި ފިލްމަކީ ވަރަށް އިންޑިއަން ފިލްމެއް ނަމަވެސް، އެޑެޕްޓް ކުރަން ފަސޭހަ އަދި އޯޑިއެންސާ ގުޅުވަން ފަސޭހަ ފިލްމެއް”

2024 ވަނަ އަހަރުގެ ފެބްރުއަރީގައި ކުމާރު މަންގަތު ޕަތަކް އާއި އަބީޝެކް ޕަތަކް ވަނީ “ދްރިޝްޔަމް” 1 އަދި 2 ގެ ބައިނަލްއަގުވާމީ ރީމޭކް ރައިޓްސް، އޮރިޖިނަލް ޕްރޮޑިއުސަރު ކަމަށްވާ އާޝީރުވާދް ސިނެމާސް އަތުން ހޯދާފައެވެ. އެ ދުވަސްވަރު އެމެރިކާ އާއި ކޮރެއާގެ ރީމޭކްތަކުގެ މަސައްކަތް ވެސް ކުރިއަށް ދިޔައެވެ.

2015 ވަނަ އަހަރު ނުކުތް “ދްރިޝްޔަމް” އަކީ 2013 ގެ މޯހަންލާލް ކުޅުނު މަލަޔާޅަމް ފިލްމުގެ ރީމޭކެކެވެ. އެ ފިލްމުގައި ހިމެނެނީ އަޖޭ ދޭވްގަން، ތާބޫ، ޝްރިޔާ ސަރަން އަދި އިޝިތާ ދައްތާ ފަދަ ތަރިންނެވެ. “ދްރިޝްޔަމް” 2 (2022) ބޮޑު ކާމިޔާބީއެއް ހޯދިއިރު، އަބީޝެކް ޕަތަކް ޑައިރެކްޓްކުރި “ދްރިޝްޔަމް” 3 މި އަހަރުގެ އޮކްޓޫބަރު 2 ގައި ރިލީޒް ކުރާނެއެވެ. އެ ފިލްމުގައި ޖައިދީޕް އަހްލާވަތު އާއި ޕްރަކާޝް ރާޖް ބައިވެރިވެއެވެ. މީގެ އިތުރުން މަލަޔާޅަމް “ދްރިޝްޔަމް” 3 މި އަހަރުގެ މެއި 21 ގައި ސިނަމާތަކަށް އަންނާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top