ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާ ބަލިކޮށް ބަނގުލަދޭޝް ޗެމްޕިއަންކަން ހޯދައިފި
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

މާރިޗް 22 އިން އޭޕްރިލް 3 އަށް ދިވެހިރާއްޖޭގައި ބޭއްވި ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބަނގުލަދޭޝް ހޯދައިފިއެވެ.

އިންޑިއާ އާއި ބަނގުލަދޭޝް ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ނިމުނުއިރު، ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު އެތައް ފުރުސަތެއް ލިބިފައެވެ.

ދެވަނަ ހާފުގައި ބަނގުލަދޭޝްއަށްވުރެ ރަނގަޅަށް ކުޅުނީ އިންޑިއާއެވެ. އިންޑިއާއިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ބަނގުލަދޭޝްގެ ކީޕަރެވެ. ލިބުނު މަދު ފުރުސަތުތަކުގައި ލަނޑެއް ޖެހޭތޯ ބަނގުލަދޭޝް އިން ކުރި މަސައްކަތް ހުއްޓުވުމުގައި އެންމެ އިސް ރޯލެއް އަދާކުރީ އިންޑިއާގެ ކީޕަރެވެ.

ގުރޫޕް ބީގައި ހިމެނުނު މި ދެޓީމު، ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އިންޑިއާ އާއި ބަނގުލަދޭޝް ބައްދަލުކުރި ފައިނަލް މެޗު، ބަނގުލަދޭޝް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން ދެ ޓީމު އެއްވަރުވުމުން ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް 3-4 އިން ކާމިޔާބު ކޮށްގެންނެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

އިންޑިއާގެ ޕެނަލްޓީތައް މުހައްމަދު އަރުބާސް، އަހޯންގ ސަންބޮމް، ވިޝާލް ޔާދޯވް ކާމިޔާބު ކުރިއިރު ބަނގުލަދޭޝްއަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ މުރުޝިދު އަލީ، ޗަންދަން ރޯއި، އަބްދުލް ފަހީމް އަދި ރޮނަން ސުލިވާން އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިންޑިއާގެ އޮމަންގް ޑޯޑަމް ހޯދިއިރު އޭނާއަކީ ދިވެހިރާއްޖޭގެ މުހައްމަދު އިލާން އިމްރާން އާއިއެކު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހިއްސާކުރާ ކުޅުންތެރިޔާއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ބަނގުލަދޭޝްގެ ކީޕަރު މުހައްމަދު އިސްމާއިލް މާހިން ވަނީ އިންޑިއާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ދިފާއު ކޮށްފައެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ދިވެހިރާއްޖެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top