ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ ރިއްފަތު ގެ ފަރާތުން އޭނާގެ ސަޕޯޓަރުންނާއި މުޅި ދިވެހި އުއްމަތަށް މި ބަރަކާތްތެރި ރަމަޟާންމަހުގެ ހަދިޔާއެއްގެ ގޮތުން ‘ރޯދަމަސް’ ގެ ނަމުގައި މަދަހައެއް ނެރެފިއެވެ.
މުޙައްމަދު ރިއްފަތު އަމިއްލައަށް ޕްރޮޑިއުސްކޮށް ނެރެފައިވާ ‘ރޯދަމަސް’ މަދަހައިގެ އަޑުގެވެރިންނަކީ ރިއްފަތުގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަހީދާ ރިއްފަތެވެ. ވީޑިއޯ ގައި ހަރަކާތްތެރިވެފައިވަނީ ރިއްފަތުގެ އިތުރުން އާމިނަތު ލިޝާން އެވެ. މަދަހައިގެ ރާގާއި ރެކޯޑިން ހަދާފައިވަނީ ސޮބާހް އެވެ. މަދަހައިގެ ޅެންވެރިއަކީ ޒާހިދާ ޢަބްދުއްރަހްމާން އެވެ.
ވީޑިއޯ މަސައްކަތް ކޮށްފައިވަނީ މަނިކް އާރޓްސް އިންނެވެ.
ކިޔުންތެރިންގެ ޚިޔާލު
