ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފާތިމަތު ނަހުލާގެ އާ ފިލްމުގެ ނަން މިއަދު ހާމަކުރަނީ
މުނިއަވަސް ގްރެފިކްސް

ކާމިޔާބު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އާ ފިލްމުގެ ނަން މިއަދު (07 އޭޕްރީލް 2026)ގެ ވަގުތެއްގައި އިޢުލާނުކުރާނެ ކަމަށް ހާމަކޮށްފިއެވެ. މިކަން ނަހުލާ ހާމަކޮށްފައިވަނީ މުނިއަވަސްއާ ހިއްސާކުރި މަޢުލޫމާތެއްގައެވެ.

އާ ފިލްމުގެ ނަމާ އެކު، ފިލްމު އަޅުވާ ތާރީޚު ވެސް ފާތިމަތު ނަހުލާގެ ފޭސްބުކް ޕޭޖުން އިޢުލާނުކުރާނެ ކަމަށްވެސް ނަހޫ ބުންޏެވެ.

ދާދި ފަހުން ރާއްޖޭގެ މަޝްހޫރު ތަރި މަރިޔަމް ޝިފާ ވަރަށް ވަރުގަދަ ފިލްމެއްގައި ވަރަށް އަވަހަށް މަސައްކަތްކުރަން ފަށާނެކަމަށް މުނިއަވަސް މެދުވެރިކޮށް ހާމަކޮށްފައިވެއެވެ. އެހެންކަމުން އެ ޚަބަރާއި، މި ފިލްމާ މެދު ބެލުންތެރިންނަށް ހީވެފައިވާ ވާހަކަތަކާ އެކަމާ ގުޅުމެއްވާ ކަމަށް ހީވާ ހީވުމަށް މިވަނީ އިތުރު ޔަޤީންކަމެއް ލިބިފައެވެ.

މުނިއަވަސް އިން ގެނެސްދިން މި ޚަބަރުގައި ޝިފާ ބުނީ އޭނާ ފަލަވަމުން ދަނީ ހަމަ ގަސްދުގައި ކަމަށާ އެއީ ފިލްމެއްގައި ކުޑަ ދެ އަންހެންކުދިންގެ މަންމަގެ ރޯލެއް ކުޅުމަށް ކަމަށެވެ.

ޝިފާގެ ސިފައަށް ބަދަލެއް އެބަ ގެނޭ! – ކީއްވެކަން އެނގޭތަ؟

“މި ތައްޔާރު ވަނީ ވަރުގަދަ ފިލްމަކަށް. ފިލްމް ގަ އަހަރެން ކުޅެން ޖެހެނީ ކުޑަ ދެ އަންހެން ކުދީންގެ މަންމަ ބައި.”

ޝިފާ މިހެން ބުނެފައިވުމުގެ އިތުރުން މީގެ ދެ މަހެއް ދުވަސް ކުރިން ނަހޫ ގެނެސްދިން ޓިކްޓޮކް ލައިވްއެއްގައި ނަހޫގެ ފިލްމެއްގެ ލީޑް ޝިފާއަށް ދިނުމާމެދު ނުވިސްނަންތޯ ބައިވެރިއަކު ކުރި ސުވާލަށް ނަހޫ ބުނެފައިވަނީ ފުރުޞަތުދޭނެ ކަމަށެވެ. އެހެންކަމުން މި ހުރިހައި “ޑޮޓްތައް” ގުޅުވައިލުމުން ނަހޫގެ ފިލްމުގެ ލީޑްގައި ހަރަކާތްތެރިވާނީ ޝިފާކަމަށް ޔަޤީނާ ގާތަށް ބުނަން އެނގެއެވެ.

އެންމެ ފަހުން ނަހޫ ގެނެސްދީފައިވަނީ އަސަރުގަދަ ފިލްމެއް ކަމަށްވާ “ސޮރީ” އެވެ. މި ފިލްމުގެ 50 ޝޯ އޮލިމްޕަހުގައި ދައްކައި، ރާއްޖޭގައި އެންމެ ގިނަ ޝޯ އޮލިމްޕަހުގައި ދެއްކިކަމުގެ ރެކޯޑްހަދާފައިވެއެވެ. މީގެ އިތުރަށް ޝްވެކް ސިނަމާގައިވެސް ގިނަ ޝޯތަކެއް ދައްކާފައިވެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top