އަލީ ސީޒަން އަދި އަޙްސަން ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު “ޕަރީ”ގެ ފުރަތަމަ ބަޔަށްފަހު، ދެވަނަ ބައި ނުވަތަ “ޕަރީ – ޗެޕްޓަރ 2” މިހާރު ވަނީ އޮލިމްޕަހުގައި ޕްރިމިއަރކޮށްފައެވެ. ފުރަތަމަ ފިލްމާ އަޅާބަލާއިރު ދެވަނަ ބައިގެ ފުރިހަމަކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ފިލްމުގެ މަންޒަރުތަކާއި ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
ފިލްމުގެ ޕްރިމިއަރ ހަފްލާވެސް ފެނިގެންދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ. ހަފްލާ ފެށުނީ ފިލްމުގެ “ޕަރީ”ގެ ލީޑް ރޯލުން ފެންނަ ކުޑަކުޑަ ތަރި ލަމްޝާ އާއި “ހިޔަލަ” ގްރޫޕުގެ ފަރި ނެށުމަކުންނެވެ. ސްޓޭޖްމަތީގައި ދެއްކި މި ހުށަހެޅުމުގައި ބިރުވެރިކަން އިހުސާސްކޮށްދިން ގޮތާއި، ކުޑަކުޑަ ތަރީގެ އެކްޓިން އަކީ ފާހަގަކޮށްލަންޖެހޭ މޮޅު ހުށަހެޅުމެކެވެ. މީގެ އިތުރުން ފިލްމުގެ ޕްރޮމޯ ލަވައަކީވެސް ތަފާތު ލަވައެކެވެ. އާންމުކޮށް އިވޭ މަޝްހޫރު އަޑުތަކުގެ ބަދަލުގައި، މި ލަވައިން އިވިގެންދަނީ މިއަދުގެ މިއުޒިކީ ދާއިރާގައި ކުރިއަރަމުން އަންނަ ދެ ޒުވާނުން ކަމަށްވާ މިސްކް މުރުތަޟާ އާއި ޝަމްހާން ވަހީދުގެ ހިތްގައިމު އަޑެވެ.
“ޕަރީ – ޗެޕްޓަރ 2″ގެ އެންމެ ޚާއްސަ އެއް ކަމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުރުޖާސިކާ ދާސްގެ މުހިންމު ފެނިލުމެކެވެ. ހަމައެއާއެކު، އަލީ ސީޒަން އަދި ރިޝްމީގެ ފަރާތުން މީގެ ކުރިން ނުފެންނަ ފަދަ އާދަޔާޚިލާފު މޮޅު އެކްޓިންއެއް ފެނިގެންދެއެވެ. ޚާއްސަކޮށް ރިޝްމީގެ ހުށަހެޅުން ފާހަގަކޮށްލެވެއެވެ.
އަވަށްޓެރި ސްރީލަންކާގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ފުރަތަމަ ބައި ބެލި ބެލުންތެރިން، ދެވަނަ ބަޔަށް ކުރި އިންތިޒާރަކީ ބޭކާރު އިންތިޒާރެއް ނޫނެވެ. ފިލްމު ބަލާފައި ސިނަމާއިން ނިކުންނާނީ ފުރިހަމަ ހިތްހަމަޖެހުމަކާއެކުގައެވެ. ސީޒަން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ލަންކާގައިވެސް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޮލިމްޕަހުގައި މި މަހުގެ ނިޔަލަށް ޝޯތައް ކުރިއަށްދާއިރު، އެހެން ސިނަމާތަކަށް ފިލްމު ގެންދިއުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ފިލްމުގެ ޓިކެޓް މިހާރު އޮންލައިންކޮށް ބައްލަވައިގަނެވޭނެއެވެ.
ނިންމާލަމުން ބުނެލަން އޮތީ، “ޕަރީ ޗެޕްޓަރ 1” އަށް ވުރެ ޗެޕްޓަރ 2 މާ ފުރިހަމަވެފައި ތަފާތެވެ. މިއީ ބަލާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ މޮޅު ފިލްމެކެވެ.
@muniavas Lam Bunee Keekay – PAREE Chapter 2 @seaxanali #fypシ゚viral #foryou #foryoupage #fypシ #fyp #foryoupageofficiall #paree #pareechapter2 #fyp @rifuzarippoo ♬ original sound – MUNIAVAS
