ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
“އޮފީސްލީގު 2026” ގެ ހަތަރު ވަނަ ރެއަކީ ވެސް ފޯރިގަދަ ރެއެއް!
އޮފީސް ލީކް ފޭސްބްކް

ބިގްގޭމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އޮފީސްލީގު ފުޓްސަލް މުބާރާތް “އޮފީސްލީގު 2026” ގެ ހަތަރު ވަނަ ރެއަކީ ވެސް ފޯރިގަދަ ރެއެކެވެ. އެގޮތުން ރޭ ވެސް ވަނީ ހަތަރު މެޗުކުޅެފައެވެ. އެއީ މުބާރާތުގެ 13،14،15 އަދި 16 ވަނަ މެޗެވެ.

ރޭ ކުޅެވުނު މެޗްތަކާއި ނަތީޖާތައް:
މެޗު 13 ގުރޫޕް ސީ
އެސްޓީއޯ 1 – 0 ކަސްޓަމްސް
ކަސްޓަމްސްއާ ބައްދަލުކޮށް ރޭ އެސްޓީއޯ ހޯދި މޮޅާއިއެކު އެޓީމުވަނީ ހަ ޕޮއިންޓް ހަމަކޮށް ކުއާޓަރ ފައިނަލާއި ގާތަށް ޖެހިލައިފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
ހަސަން މުހައްމަދު ( އެސްޓީއޯ ) 1 ލަނޑު
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: ހަސަން މުހައްމަދު ( އެސްޓީއޯ )

މެޗު 14 ގުރޫޕް ސީ
ރައީސް އޮފީސް 4 – 1 ސްމާޓް އޯން
ފުރަތަމަ މެޗުން ބަލިވި ނަމަވެސް ރޭގެ މެޗުން ހޯދި ތިންޕޮއިންޓާއިއެކު ރައީސް އޮފީހުން ވަނީ ކުއާޓަރ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފައެވެ. ރޭ ވީ ބައްޔާއިއެކު ދެމެޗުން ބަލިވެ ސްމާޓް އޯން އަށް ވަނީ ކުއާޓަރ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
އަހްމަދުﷲ މުހައްމަދު ( ރައީސް އޮފީސް ) 1 ލަނޑު
އަހްމަދު އަލީ ( ސްމާޓް އޯން ) 1 ލަނޑު ( ބައިކޮޅަށް )
އިބްރާހީމް ސިފާގް ( ރައީސް އޮފީސް ) 2 ލަނޑު
މުހައްމަދު ސާހީ ( ސްމާޓް އޯން ) 1 ލަނޑު
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: އިބްރާހީމް ސިފާގް ( ރައީސް އޮފީސް )

މެޗު 15 ގުރޫޕް ޑީ
ޕޮލިސް ކުލަބް 3 – 2 ފަހި ރެކްރިއޭޝަން
ރޭ ހޯދި މޮޅާއިއެކު ޕޮލިސްކުލަބް ވެސް ވަނީ 6 ޕޮއިންޓް ހަމަކޮށް ކުއާޓާރ ފައިނަލާއި ގާތަށް ޖެހިލާފައެވެ. އެއާއެކު ދެމެޗުން ބަލިވި ފަހި ރެކްރިއޭޝަނަށް ވަނީ ކުއާޓާރ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
އަލީ ރިޝްވާން ( ޕޮލިސް ކުލަބް ) 1 ލަނޑު
އިބްރާހީމް ޝާފިއު ( ޕޮލިސް ކުލަބް ) 1 ލަނޑު
މުހައްމަދު ނާހިލް ( ޕޮލިސް ކުލަބް ) 1 ލަނޑު
ރަޔާން އަލީ ( ފަހި ރެކްރިއޭޝަން ) 1 ލަނޑު
އަހްމަދު މާއިޝް ( ފަހި ރެކްރިއޭޝަން ) 1 ލަނޑު
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: އަލީ ރިޝްވާން ( ޕޮލިސް ކުލަބް )

މެޗު 16 ގުރޫޕް ޑީ
މެޑްޓެކް 2 – 1 ކުލަބް އާސަންދަ
މިމެޗުން ހޯދި ތިންޕޮއިންޓާއިއެކު ކުލަބް އާސަންދަ އާއި މެޑްޓެކްގެ ޕޮއިންޓް އެއްވަރުވެ ގުރޫޕްގެ ފޯރިވަނީ ގަދަވެފައެވެ.
ލަނޑު ޖެހި ކުޅުންތެރިން:
މާޒިން އަބްދުލް ވާހިދު ( މެޑްޓެކް ) 1 ލަނޑު
މޫސަ އާމިރު ( މެޑްޓެކް ) 1 ލަނޑު
އަހްމަދު ސިޔާމް ( ކުލަބް އާސަންދަ ) 1 ލަނޑު
🏅 މެޗްގެ މޮޅު ކުޅުންތެރިޔާ: މުހައްމަދު މިންވާލް ( މެޑްޓެކް)

މިމުބާރާތުގެ ހަތަރު މެޗު މިރޭ ވެސް އޮންނާނެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަކީ:
1 – އެސްޓީއޯ – ކުލަބް ހައްޖު
2 – ކުލަބް މާލޭސިޓީ – މިފްކޯ
3 – ބިޒްނަސް ސެންޓަރ ކޯޕަރޭޝަން – އެމްއައިބީ
4 – ސިޓީސް މިނިސްޓްރީ – އެމްޓީސީސީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top