ޢީދު ދުވަހުގެ ސުފުރާމަތި ފަޅުފިލުވައިލާ ރަހަ ތަފާތުކޮށްލުމަށް ގާލިކް ބްރޮއިލްޑް ޗިކަން ތައްޔާރުކޮށްލާނެ ގޮތް މިއަދު މުނިއަވަސް ރަހަފަތުގައި ގެނެސްދޭނަމެވެ.
ބޭނުންވާނެ ތަކެތި
– 1/2 ޖޯޑު ބަޓަރު
– 3 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
– 3 މޭޒުމަތީ ސަމުސާ ސޯޔާސޯސް
– 1/4 ސައި ސަމުސާ އަސޭމިރުސް (މުގުރާފައި)
– ބޯން ލެސް ޗިކަން
– 1 މޭޒުމަތީ ސަމުސާ ޕާސްލީ (ހިއްކާފައި)
ތައްޔާރު ކުރާނެ ގޮތް
– ބަޓަރު، ލޮނުމެދު، ސޯޔާ ސޯސް، އަސޭމިރުސް އަދި ޕާސްލީ އެއްކޮށްލާށެވެ.
– ދެން ދެ މިނެޓް ވަންދެން މި ތަކެތި މައިކްރޯވޭވްގައި ހޫނު ކުރާާށެވެ.
– ބަޓަރު ކޮޅު ވިރުނީމާ ތަވައެއްގައި ކުކުޅުތައް އަތުރާލައި، މި ބަޓަރު މިކްސް އޭގެ މަތީ އުނގުޅާލާށެވެ.
– ފިހެވެމުންދާއިރު އުނގުޅަން އެއްބައި ބަހައްޓަން ވާނެއެވެ.
– ފެން ހިނދެންދެން އަވަނުގައި ކުކުޅުތައް ފިހާށެވެ.
– ފިހެވެމުންދާއިރު ބަޓަރު މިކްސް ކޮޅު އުނގުޅަން ވާނެއެވެ.
މަޢުލޫމާތު: އޯލްރެސިޕީސް ޑޮޓް ކޮމް
