ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ހޭމް އެންޑް ޗީޒް ބަޓަރ ބިސްކޯދު ހޫނު މާމުޔާއެކު – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ރަހަފަތް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓް
⏱️ ފިހަން ހޭދަވާ ވަގުތު: 25 މިނެޓް
⏱️ ޖުމްލަ ހޭދަވާ ވަގުތު: 35 މިނެޓް
🍲 ތައްޔާރުކުރެވޭ މިންވަރު: 9 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 ½ ޖޯޑު ބަޓަރު
🍳 2 ½ ޖޯޑު ފުށް (އޯލް ޕާޕަސް ފްލާ)
🍳 4 ސައިސަމުސާ ބޭކިންގް ޕައުޑަރު
🍳 1 ސައިސަމުސާ ހަކުރު
🍳 1 ސައިސަމުސާ ހިމާލަޔަން ޕިންކް ސޯލްޓް
🍳 1/8 ސައިސަމުސާ ހޮޓް ޕެޕްރިކާ
🍳 ½ ޖޯޑު ޗިކަން ހޭމް (ކުދިކޮށް ކޮށާފައި)
🍳 1 ޖޯޑު ގާނާފައި ހުރި ޗެޑަރ ޗީޒް
🍳 1 ¾ ޖޯޑު ބަޓަރމިލްކް
🍳 ހޮޓް ހަނީ (މާމުއި)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަން 230 ޑިގްރީ ސެލްސިއަސް (450 ޑިގްރީ ފަރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ.

2 – 8 އިންޗީގެ އަކަ ބިއްލޫރި ނުވަތަ ސެރަމިކް ޓްރޭއަކަށް ބަޓަރުކޮޅު އެޅުމަށްފަހު، މައިކްރޯވޭވްގައި 1 މިނެޓް ވަންދެން ބަހައްޓާށެވެ. ބަޓަރުކޮޅު ގިރާލުމަށްފަހު، މުޅިން ވިރެންދެން 20 ސިކުންތުގެ ވަގުތުކޮޅުތަކަށް އަލުން މައިކްރޯވޭވް ކުރާށެވެ.

3 – ބޮޑު ތަށްޓެއްގައި ފުށް، ބޭކިންގް ޕައުޑަރު، ހަކުރު، ލޮނު އަދި ޕެޕްރިކާ އެއްކުރާށެވެ. އޭގެ ތެރެއަށް ކޮށާފައި ހުރި މަހާއި ޗީޒް އެޅުމަށްފަހު ފުށާ އެއްވަރުވަންދެން ގަށާލާށެވެ. ފުށުގެ މެދުން ޖާގައެއް ހަދާލުމަށްފަހު ބަޓަރމިލްކް އަޅާލައި، ހަމައެކަނި އެއްވާވަރަށް ގަށާލާށެވެ.

4 – ތައްޔާރުކުރި ފުށްގަނޑު، ބަޓަރު ވިރުވާފައި ހުރި ޓްރޭގެ ތެރެއަށް އޮއްސާލާށެވެ. ފުށްގަނޑު ހުންނާނީ އޮލަކޮށެވެ. މަޑުމަޑުން ޓްރޭގެ އަރިމަތިތަކަށް ފުށްގަނޑު ފަތުރާލާށެވެ.

5 – ކުޑަ ވަޅިއެއް ބޭނުންކޮށްގެން ފުށްގަނޑު 9 ނުވަތަ 12 އަކަބަޔަށް ކޮށާލާށެވެ.

6 – ކުރިން ހޫނުކުރި އަވަނުގައި 22 އާއި 24 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހެލާށެވެ. މަތީބަޔާއި އަރިމަތިތައް މުށިކުލަ އަރަންދެން ފިހަންވާނެއެވެ.

7 – ފިހެ ނިމުމުން 5 މިނެޓް ވަންދެން ހިހޫކުރަން ބެހެއްޓުމަށްފަހު، ކެއުމުގެ ކުރިން މަތީގައި މާމުއި ހާކާލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top