ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފައިތިލަ މަސާޖުކުރުމުން ލިބޭ، ތިބާއަށް ނޭނގޭ ހަތް ފައިދާ

މި ލިޔުމުގައި އަޅުގަނޑުމެން ބަލައިލާނީ ފައިތިލަ މަސާޖުކުރުމުން ލިބިދޭ މުހިންމު ހަތް ފައިދާއެއްގެ މައްޗަށެވެ. އަނިޔާތަކުން ރައްކާތެރިވުމުން ފެށިގެން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާ ހަމައަށް، ފައިތިލަ މަސާޖުކުރުމަކީ ތިބާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެކެވެ.

1- އަނިޔާތަކުން އަވަހަށް މިންޖުވުމާއި ރައްކާތެރިވުން

ފައިތިލަ މަސާޖުކުރުމަކީ ކަސްރަތު ކުރުމުގެ އާދައާ ގުޅުވައިގެން ކުރާ ކަމަކަށް ވާނަމަ، މިއީ ލިބޭ އަނިޔާތަކުން އަވަހަށް ފަސޭހަވުމަށާއި އަދި އަނިޔާވުމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ފައިތިލަ މަސާޖުކުރުމުގެ ސަބަބުން ލޭގެ ދައުރުވުން ރަނގަޅުވެ، މަސްތައް ލުއިކޮށްދީ، ހަށިގަނޑުގެ ގުދުރަތީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކޮށްދެއެވެ.

2- ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުން

ގަވާއިދުން ފައިތިލަ މަސާޖުކުރުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. “ޖާނަލް އޮފް ކްލިނިކަލް އެޕިޑެމިއޮލޮޖީ އެންޑް ގްލޯބަލް ހެލްތު” ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، ހައިޕަރޓެންޝަން ނުވަތަ ލޭމަތިވުމުގެ މައްސަލަ ހުންނަ މީހުންނަށް ފައިތިލަ މަސާޖުކުރުމަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. މީގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.

3- ފަތި ފައިތިލަ ހުންނަ މީހުންނަށް ލުއި ލިބުން

ފައިތިލަ ފަތިކޮށް ހުންނަ މީހުންނަށް ހިނގާއިރު ނުވަތަ މަޑުން ހުންނަ ވަގުތުތަކުގައިވެސް ފައިތިލައިގައި ރިއްސުމާއި އުނދަގޫތައް ކުރިމަތިވެއެވެ. ފައިތިލައިގެ ކަސްރަތުތަކާއެކު “ޑީޕް ޓިޝޫ” މަސާޖު ކުރުމުން، ފައިތިލައިގެ މަސްތަކާއި ހުޅުހުޅު ވަރުގަދަވެ، މިފަދަ އުނދަގޫތަކުން ދާއިމީ ލުޔެއް ލިބިގެންދެއެވެ.

4- ލޭގެ ދައުރުވުން ރަނގަޅުވުމާއި ސެލްތައް އާވުން

ފައިތިލަ މަސާޖުކުރުމުން މުޅި ހަށިގަނޑުގައި ލޭގެ ދައުރުވުން ހަލުވިވެގެންދެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދިނުމަށް މަގުފަހިވެއެވެ. އަދި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދީ، ޖުމްލަ ސިއްހަތު ރަނގަޅުކޮށްދެއެވެ.

5- ފިކުރުތަކުން ދުރުވުމާއި ހޯރމޯންތައް ހަމަހަމަކުރުން

އަޅުގަނޑުމެންގެ ފައިތިލައިގައި ހަށިގަނޑުގެ އެކި ގުނަވަންތަކާ ގުޅިފައިވާ “ރިފްލެކްސޮލޮޖީ” ޕޮއިންޓްތަކެއް ހުރެއެވެ. ފައިގެ އިނގިލިތަކުގެ ތިރީގައިވާ މިފަދަ ނާރުތަކަށް ފިއްތުންތަކެއް ދިނުމުން، ހާސްކަމާއި ފިކުރުތަކުން ދުރުކޮށްދޭ “ކޯޓިޒޯލް” ހޯރމޯން ހަމަހަމަކޮށްދެއެވެ. މިއީ ނަފްސާނީ ހަމަޖެހުން ހޯދުމަށް ކުރެވިދާނެ ވަރަށް ފައިދާހުރި ކަމެކެވެ.

6- ބޮލުގެ އެއްފަޅީގައި ރިއްސުން (މައިގްރެއިން) ކުޑަކުރުން

މައިގްރެއިންއަށް ފައިތިލަ މަސާޖުން ކުރާ ފައިދާއާ ބެހޭގޮތުން ސައިންޓިފިކް ދިރާސާތައް މަދުވިނަމަވެސް، މިއީ ހަށިގަނޑު ހަމައަކަށް އަޅުވައި، ލެޔާއި އޮކްސިޖަން ދައުރުވުން ރަނގަޅުކޮށްދޭ ކަމެއް ކަމަށްވާތީ ބޮލުގައި ރިއްސުމަށް ލުއި ލިބިގެންދެއެވެ. ގަވާއިދުން މަސާޖުކުރުމުން ބޮލުގައި ރިއްސާ މިންވަރާއި އަދަދު މަދުކޮށްދެއެވެ.

7- މައްސަރު ކަންތަކާއި އިއްދައިން ކެނޑުމުގެ އުނދަގޫތަކަށް ހައްލެއް

މައްސަރު ކަންތައްތަކާއި (ޕީ.އެމް.އެސް) އަދި އިއްދައިން ކެނޑުމުގެ (މެނޮޕޯސް) ދުވަސްވަރު ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މާޔޫސްވުމާއި، ހާސްވުން ފަދަ ނަފްސާނީ އުނދަގޫތައް ކުރިމަތިވެއެވެ. ފައިތިލަ މަސާޖުކުރުމަކީ މިފަދަ އުނދަގޫތަކުން ދުރުވެ، ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސްކޮށްދޭ ކަމެކެވެ.

ނިންމުން
ފައިތިލަ މަސާޖުކުރުމަކީ ހަމައެކަނި އަރާމު ހޯދުމަށް ކުރާ ކަމެއް ނޫނެވެ. މިއީ ތިބާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންކަމުން، އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަމުގެ ތެރެއިން ގަވާއިދުން ފައިތިލަ މަސާޖުކުރުމުގެ އާދަ އަށަގަންނަވާށެވެ. ދަތުރުފަތުރުކުރާ އިރުވެސް “ކޮމްޕްރެޝަން ސޮކްސް” ބޭނުންކުރުމާއި، ކުރު މަސާޖެއް ކޮށްލުމަކީ ހަށިގަނޑަށް އާރޯކަން ގެނެސްދޭނެ ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top