ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކެރެޓު ކެއުމުން ބަރުދަން ލުއިވޭތަ؟
ފޮޓޯ: އޭއައި އިން އުފައްދާފައި / މުނިއަވަސް

ކެރެޓަކީ އަޅުގަނޑުމެންގެ ކެއުމުގައި ވަރަށް އާންމުކޮށް ބޭނުންކުރާ، އަދި ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާއެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ކެތެޓަކީ ހަމައެކަނި ލޮލުގެ ފެނުން ސާފުކޮށްދޭ އެއްޗެއް ނޫނެވެ. މިއީ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ރަނގަޅު އެހީއެކެވެ.

ކެރެޓުން ބަރުދަން ލުއިވުމަށް އެހީތެރިވެދޭ އެންމެ ބޮޑު ސަބަބަކީ އޭގައި ކެލަރީ ހުންނަ މިންވަރު މަދުވުމެވެ. 100 ގްރާމް ކެރެޓުގައި ހުންނަނީ ގާތްގަނޑަކަށް 50 ވަރަކަށް ކެލަރީއެވެ. މީގެ އިތުރުން، ކެރެޓަކީ ފައިބަރު ވަރަށް ގިނައިން އެކުލެވޭ އެއްޗެކެވެ. ފައިބަރުގެ ސަބަބުން ބަނޑުފުރިފައި ހުންނަ އިޙުސާސް ގިނައިރު ވަންދެން ދަމަހައްޓައިދެއެވެ. މީގެ ސަބަބުން ބޭކާރު ގޮތުގައި ގިނައިން ކެވޭ ކެއުންތައް މަދުވެ، ބަރުދަން ލުއިވުމަށް މަގުފަހިވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކެރެޓުގައި ގާތްގަނޑަކަށް 88 އިންސައްތަ ފެން އެކުލެވިގެންވެއެވެ. ގިނައިން ފެން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ބަނޑު ފުރޭ މިންވަރު އިތުރުކޮށްދީ، ހަށިގަނޑަށް އެތެރެވާ ކެލަރީގެ މިންވަރު މަދުކޮށްދޭ ކަމެކެވެ. ހަމައެހެންމެ، ކެރެޓަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްސްތަކުން މުއްސަނދި އެއްޗެކެވެ. ޚާއްސަކޮށް އޭގައި ހިމެނޭ ވިޓަމިން އޭ އަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ހަކަތަ އުފައްދާ ނިޒާމު ހަރުދަނާކޮށްދޭ މާއްދާއެކެވެ. މެޓަބޮލިޒަމް ރަނގަޅުވުމަކީ ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވައިލުމަށް ލިބޭ ބޮޑު ބާރެކެވެ.

ބަރުދަން ލުއިކުރުމަށްޓަކައި ކެރެޓު ބޭނުންކުރެވިދާނެ ތަފާތު ގޮތްތައް ހުރެއެވެ. އެގޮތުން ހަވީރުގެ ސައިގަޑީގައި ނުވަތަ ބަނޑުހައިވާ ވަގުތުތަކުގައި ތެޔޮ އެއްޗެހީގެ ބަދަލުގައި ރޯ ކެރެޓު ކެއުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. އަދި ކެއުމުގެ ކުރިން ސެލެޑެއްފެ ގޮތުގައި ކެރެޓު ބޭނުންކުރުމުން، މައިގަނޑު ކެއުމުގައި ކެވޭ މިންވަރު މަދުކުރަން އެހީތެރިވެދެއެވެ.

ނަމަވެސް، ހަމައެކަނި ކެރެޓު ކެއުމަކުން ބަރުދަން ލުޔެއް ނުވާނެއެވެ. ދުޅަހެޔޮ ކެއުމެއްގެ ތެރޭގައި ކެރެޓު ހިމެނުމާއި، ޤަވާއިދުން ކަސްރަތު ކުރުމަކީ ބަރުދަން ލުއިކުރުމަށް އޮތް އެންމެ ފަހި މަގެވެ. ކެރެޓަކީ ސިއްޙަތަށް ފައިދާހުރި، ރަހަ މީރު އަދި ހަށިގަނޑުގެ ބަރުދަން ހަމަހަމަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ރަނގަޅު ބައިވެރިއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top