ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެފްއޭ ކަޕްގެ ތިންވަނަ ބުރު ސްޕޯރޓްސް ހޯދައިފި
ފޮޓޯ: އެފްއޭއެމް

މިހާރު ކުރިއަށްދާ އެފްއޭ ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މަގާމް ބުރު ސްޕޯރޓްސް ހޯދައިފިއެވެ. ސެމީ ފައިނަލުން ބަލިވި ތިންވަނަ ޑިވިޝަންގެ ބުލޫ ސްޕޯރޓްސް އާއި ބުރު ސްޕޯރޓްސް ވާދަކުރި ތިންވަނަ ހޮވާ މެޗު ބުރު ސްޕޯރޓްސް އިން ކާމިޔާބު ކުރީ 3-1 އިންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ބުރު ސްޕޯރޓްސް އިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 6 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އަޙްމަދު ޢަބްދުﷲ އެވެ. މި ޕެނަލްޓީއަކީ ބްލޫ ސްޕޯރޓްސްގެ އޭރިޔާ ތެރެއިން ބުރު ސްޕޯރޓްސްގެ ޢަލީ ހަމްދާނަށް ބްލޫ ސްޕޯރޓްސްގެ ކުޅުންތެރިއަކު ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ ބްލޫ ސްޕޯރޓްސް އިން މަސައްކަތް ކުރަމުން ދަނިކޮށް ބުރު ސްޕޯރޓްސްއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. 22 ވަނަ މިނިޓްގައި ބުރު ސްޕޯރޓްސްއިން ޖެހި މި ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޔާމީންއެވެ. ޤާސިމް ތޯއިފްގެ ރީތި ޕާހަކުން ތަނަވަސްކުރި ފުރުސަތުގައި ޔާމީން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ބްލޫ ސްޕޯރޓްސްގެ ކީޕަރުގެ އަތް ކައިރިންނެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ބުރު ސްޕޯރޓްސް އިންނެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗްގެ 80 ވަނަ މިނިޓްގައި ޖަހައިދިނީ މުޙައްމަދު ޖޫދު އިސްމާއިލް އެވެ.

ބޮޑު މުބާރާތެއްގައި އަލަށް ވާދަކުރާ ބްލޫ ސްޕޯރޓްސްއިން އެ ޓީމުގެ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޙަސަން ޔާނިއުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އެފްއޭ ކަޕްގެ ރަސްގެފާނު ނިއުރޭޑިއަންޓާއި ޓީސީ ސްޕޯރޓްސް ކުލަބް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top