ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މައިކަލް ޖެކްސަންގެ ބައޮޕިކް ރެކޯޑް އަދަދުތަކާ އެކު ސިނަމާތަކުގައި

މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު “މައިކަލް” ރެކޯޑް އަދަދުތަކާ އެކު ސިނަމާތަކުގައި ދައްކަން ފަށައިފިއެވެ.

އެޕްރީލް 26 ވަނަ ދުވަހު ނެރުނު އިންޑަސްޓްރީ އެސްޓިމޭޓްތައް ދައްކާ ގޮތުން، މި ފިލްމަށް އެމެރިކާގެ ބޮކްސް އޮފީހުގައި 97 މިލިއަން ޑޮލަރު ލިބި، މިއުޒިކަލް ބައޮޕިކެއްގެ އެންމެ ބޮޑު އޯޕެނިންގެ ރެކޯޑް ވަނީ ހަދައިފައެވެ. މުޅި ދުނިޔޭގައި މި ފިލްމު ގާތްގަނޑަކަށް 217.4 މިލިއަން ޑޮލަރާ އެކު ލޯންޗުކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ވަރުގަދަ ފެށުމެއް ވަނީ ހޯދައިފައެވެ.

“ކިންގް އޮފް ޕޮޕް”ގެ ލަޤަބު ލިބިފައިވާ މައިކަލް ޖެކްސަންގެ ވާހަކަ ދުނިޔޭގެ ސިނަމާތަކުގައި ދައްކަން ފެށުމާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭނުން ދަނީ މައިކަލް ޖެކްސަންގެ ލެގަސީގެ ވަރުގަދަކަން ދައްކައިދެމުންނެވެ. މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު އަދާކޮށްފައި ވަނީ މައިކްލް ޖެކްސަންއަށް ބޮޑުބޭބެކިޔާ ކުއްޖެއްކަމަށްވާ ޖާފަރު ޖެކްސަން އެވެ.

މިވެސް ކިޔާލަން:  މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ފޯރިގަދަވެފައިވަނިކޮށް، އަނޫޕަމް ކޭރް އޭނާގެ ހަނދާންތައް އާކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top