ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާޅެންދޫ އަތުން ވެލިދޫއަށް ފަސޭހަ މޮޅެއް

ނ. އަތޮޅު ވެލިދޫގައި މިހާރު ކުރިއަށްދާވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ މުބާރާތްގައި ރޭ ކުޅުނު ފޯރިގަދަ މެޗު، ފަސޭހަކަމާއެކު ވެލިދޫ އެސް.ސީ އިން ކާމިޔާބުކޮށްފިއެވެ. މާޅެންދޫ ވީ.ޓީ އާ ބައްދަލުކޮށް ވެލިދޫ އެސް.ސީ މި މެޗު ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ.

ވެލިދޫ ކުޅިވަރު އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ވެލިދޫ އެސް.ސީ އިންގެންދިޔައީ 25-8 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ދެވަނަ ސެޓުގައި މާޅެންދޫ ޓީމުންކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، ވެލިދޫގެ ހަމަލާތައް ހުއްޓުވުމުގައިވަނީ ނުކުޅެދިފައެވެ. މި ސެޓު ވެލިދޫ އިން ކާމިޔާބުކުރީ 25-9 އިންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި މާޅެންދޫ ޓީމުން އިތުރު ހިތްވަރެއްލައި މޮޅު ކުޅުމެއް ދެއްކިނަމަވެސް، ވެލިދޫ އެސް.ސީ އިން ވަނީ 25-11 އިން މި ސެޓުވެސް ކާމިޔާބުކޮށްމެޗުން މޮޅުވެފައެވެ.

މިއީ ވެލިދޫ އެސް.ސީ އަށް މި މުބާރާތުގައި ލިބުނު 2 ވަނަ މޮޅެއެވެ.  މިހާރު ވެލިދޫ އެސް.ސީ އޮތީ މި މުބާރާތުގެ ޕޮއިންޓްޓޭބަލްގެ 1 ވަނައިގައެވެ.

މި މުބާރާތުގައި ދެން އެންމެ އަވަހަށް މާޅެންދޫ ވީ.ޓީ ބައްދަލުކުރާނީ ފޮއްދޫ އެސް.ސީއާއެވެ. އަދި ވެލިދޫ އެސް.ސީގެ ކުރިއަށް އޮތް މެޗުގައި އެ ޓީމު ނުކުންނާނީ މަގޫދޫ ވީޓީ އާދެކޮޅަށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top