ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މޭ ހޫނ ނާ” ކުޅުނު ސްކޫލް ހިލޭ ލިބުނީ ޝާހްރުކް ޚާންގެ ސަބަބުން: ފަރާ ޚާން

ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާންގެ ފިލްމު “މޭ ހޫނ ނާ” އަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި މަޤުބޫލު ފިލްމެކެވެ. މީގެ 22 އަހަރު ކުރިން 2004 ވަނަ އަހަރު އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމަކީ ބޮކްސް އޮފީހުގައި ހިޓެކެވެ.

ފިލްމު ރިލީޒްކުރިތާ 22 އަހަރު ފުރުމާ ގުޅިގެން ފަރާ ވަނީ އެ ފިލްމު އުފެއްދުމުގައި ހިނގާފައިވާ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ހިއްސާކޮށްފައެވެ.

މި ފިލްމުގެ އެންމެ މުހިންމު މަންޒަރުތައް ކަމަށްވާ ކޮލެޖްގެ މަންޒަރުތައް ކުޅުމަށް ބޭނުންކުރި އިންޑިއާގެ ދާލިޖިންގައި ހުންނަ ސެއިންޓް ޕޯލްސް ސްކޫލް ޝޫޓިންއަށް ހިލޭ ދޫކުރީ ފިލްމުގެ ލީޑް އެކްޓަރު ޝާހްރުކް ޚާންގެ ސަބަބުން ކަމަށް ޑައިރެކްޓަރު ފަރާ ޚާން ވަނީ ބުނެފައެވެ.

ފަރާ ކިޔައިދިން ގޮތުގައި، ފިލްމުގެ ލޮކޭޝަން ހޯދުމަށް ދިޔައިރު އެތަނުގެ ޕްރިންސިޕަލަކީ ޝާހްރުކް ޚާންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެހެންކަމުން ޝާހްރުކް އެ ފިލްމުގެ މުހިންމު ރޯލެއް ކުޅޭކަން އެނގުމުން، އެއްވެސް ކުއްޔަކާނުލައި މުޅި ސްކޫލް ޝޫޓިންއަށް ދޫކޮށްލުމަށް ޕްރިންސިޕަލް އެއްބަސްވިއެވެ.

އާންމުކޮށް މިފަދަ ބޮޑެތި ފިލްމުތައް ކުޅުމަށް ލޮކޭޝަންތަކަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް، ޝާހްރުކްގެ މަޤުބޫލުކަމުގެ ސަބަބުން މި ލޮކޭޝަން ހިލޭ ލިބުމަކީ ފިލްމުގެ ބަޖެޓަށް ލިބުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ފަރާ ފާހަގަކުރިއެވެ.

“މޭ ހޫނ ނާ” އަކީ ފަރާ ޚާންގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ފިލްމުގައި ޝާހްރުކް ޚާންގެ އިތުރުން ސުޝްމީތާ ސެން، ޒައިދު ޚާން އަދި އަމްރީތާ ރާއޯ ފަދަ ތަރިން މުހިންމު ބައިތަކުން ފެނިގެން ގޮސްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top