ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާދުރީ އާއި ތުރިޕްތީގެ ފިލްމު “މާ ބެހެން” ނެޓްފްލިކްސްގައި ރިލީޒްކުރާ ތާރީޚު މިއޮތި

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ މާދުރީ ޑިކްޝިޓް އާއި ތުރިޕްތީ ދިމްރީ މުހިންމު ރޯލުތަކުން ފެނިގެންދާ އާ ފިލްމު “މާ ބެހެން” ނެޓްފްލިކްސް އިން ރިލީޒްކުރާ ތާރީޚު އާންމުކޮށްފިއެވެ.

މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަރ ޔެލޯ ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ފިލްމު، އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

މި ފިލްމަކީ އާއިލީ ގުޅުންތަކާއި އިހުސާސްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑްރާމާ ފިލްމެކެވެ. ބޮލީވުޑްގެ “ދަކް ދަކް ގާލް” ގެ ނަމުން މަޝްހޫރުވެފައިވާ މާދުރީ ޑިކްޝިޓް އާއި މިހާރު ބޮލީވުޑްގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތުރިޕްތީ ދިމްރީ އެކުގައި ފެނިގެންދާ މި ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު އުންމީދެއް އޮތް ފިލްމެކެވެ.

މި ފިލްމުގެ ޓީޒާ އާއި ޕޯސްޓަރުތައް މިހާރު އާންމުކުރަން ފަށާފައިވާއިރު، މާދުރީ އާއި ތުރިޕްތީގެ ހުނަރުވެރި އެކްޓިން މި ފިލްމުން ފެނިގެންދާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މިއީ މި ދެ ތަރިން އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top