ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކަޅު ކޮފީ ބޯ މީހުންނާއި “ހަޤީޤަތް” ބަލައިގަތުމުގެ ގުޅުން

ސައިކޮލޮޖީ ދިރާސާތަކުން ދައްކާ ގޮތުގައި، ހަކުރާއި ކިރު ނާޅައި ހަމައެކަނި ކަޅު ކޮފީ ބޯން އިސްކަންދޭ މީހުންނަކީ ހަމައެކަނި އޭގެ އަސްލު ރަހައަށް ލޯބިކުރާ ބައެއް ނޫނެވެ. މިއީ އެމީހުންގެ ދިރިއުޅުމުގެ އެހެން ކަންކަމުގައިވެސް “އަންފިލްޓަރޑް ރިއަލިޓީ” ނުވަތަ ކަންކަމުގެ އަސްލު ހަޤީޤަތް އެއްވެސް އޮޅުވާލުމެއް ނެތި ބަލައިގަތުމަށް ބޭނުންވާ ބައެއްކަން ވަނީ ހާމަވެފައެވެ.

މި ދިރާސާތަކުން ފާހަގަކުރެވޭ ގޮތުގައި، ކަޅު ކޮފީ ބޯން އާދަވެފައިވާ މީހުންނަކީ ދިރިއުޅުމުގައި ކުރިމަތިވާ ހިތްދަތި ނުވަތަ ހިތި ހަޤީޤަތްތަކުން ރެކެން މަސައްކަތްކުރާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ބޭނުންވަނީ ކަންކަން އޮތް ގޮތަށް، ސީދަލަށް ބަލައިގަންނާށެވެ. މިސާލަކަށް، މިފަދަ މީހުން މުއާމަލާތް ކުރުމުގައިވެސް ބޭނުންކުރާނީ ސީދާ ބަސްމަގުންނެވެ.

ނަފުސާނީ އިލްމުވެރިން ބަޔާންކުރާ ގޮތުގައި، ކޮފީގެ ހިތި ރަހަ އެއްވެސް މީރުކަމެއް ނުލައި ބޯ މީހުންގެ ކިބައިގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑެވެ. އަދި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ގޮންޖެހުންތަކަށް “ހަކުރު” އަޅައިގެން ފޮނިކުރަން އުޅުމުގެ ބަދަލުގައި، އެކަންކަމާ ސީދާ ކުރިމަތިލުމުގެ ހިތްވަރު އެމީހުންގެ ކިބައިގައި ހުރެއެވެ.

މީގެ އިތުރުން، މި ދިރާސާއިން އެނގޭ ގޮތުގައި ކަޅު ކޮފީ ބޯ މީހުންނަކީ މާ ގިނަ ކަންތައްތަކެއް އެއްފަހަރާ ކުރަން އުޅުމުގެ ބަދަލުގައި، ކަންކަން އާދައިގެ ގޮތެއްގައި ބޭއްވުމަށް ލޯބިކުރާ ބައެކެވެ. އެމީހުން ދެކޭގޮތުގައި ކޮފީއަށް އަޅާ އިތުރު އެއްޗެހީގެ ސަބަބުން ކޮފީގެ އަސްލު ރަހަ ގެއްލިގެންދާ ފަދައިން، ދިރިއުޅުމުގެ ކަންކަމުގައިވެސް އިތުރު “ފިލްޓަރުތައް” ލުމުން ހަޤީޤަތް އޮޅިގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top