ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްޓީސީސީ އާއި އުތީމު އަދި ސްޓެލްކޯ އާއި އެއިޓީ ފޯ ކުއާޓާރ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކިންގްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ކުއާޓާރ ފައިނަލްގެ ފަހު ހަތަރު ޖާގަ އެމްޓީސީސީ އާއި އުތީމު އެފްސީ އަދި ސްޓެލްކޯ އާއި އެއިޓީ ފޯ އެފްސީ ހޯދައިފިއެވެ.

މި ޓީމުތައް ކުއާޓާރ ފައިނަލަށް ދަތުރުކުރިގޮތަށް ބަލައިލާއިރު އެމްޓީސީސީ ކުއާޓާރ ފައިނަލަށް ދަތުރު ކުރީ ގުރޫޕް އޭ ގައި އެ ޓީމުގެ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއި ފައިދާ 10 ގޯލް ހަމަކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ކުއާޓާރ ފައިނަލްގެ ޖާގަ ހޯދި ދެވަނަ ޓީމަކީ ގުރޫޕް އޭ ގެ ދެވަނަ ހޯދި އުތީމު އެފްސީ އެވެ. ގުރޫޕް ސްޓޭޖުގައި އެމްޓީސީސީ މެޗުން ބަލިވި ނަމަވެސް އެއިޓީ ފޯ އެފްސީ އާއި އެޗްޕީއެސްއެން މެޗު ކާމިޔާބު ކުރިއެވެ. ގުރޫޕް ސްޓޭޖްގެ ފަހު މެޗުން މޮޅުވެ ގުރޫޕްގެ ދެވަނަ ހޯދުމުގެ ފުރުސަތު އެއިޓީ ފޯ އެފްސީ އަށް ވެސް އޮތެވެ. މި ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކޮށް އުތީމު އެފްސީ ދެވަނަ ހޯދީ ހަ ޕޮއިންޓާއި ފައިދާ ތިން ގޯލާއިއެކުއެވެ.

މުބާރާތް ރާވާލާފައި އޮތީ ތިން ގުރޫޕްގެ އެއްވަނަ އާއި ދެވަނަ ހޯދި ހަ ޓީމުގެ އިތުރުން، ތިން ގުރޫޕުން ދެން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ވެސް ކުއާޓާރ ފައިނަލްގެ ފުރުސަތު ލިބޭގޮތަށެވެ.

ކުއާޓާރ ފައިނަލްގެ ހަތްވަނަ ޖާގަ ލިބުނީ ގުރޫޕް ސީގެ ތިންވަނަ ހޯދި ސްޓެލްކޯއަށެވެ. އެ ޓީމަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފައިދާ ދެ ގޯލް ލިބިފައިވެއެވެ. ކުއާޓާރ ފައިނަލްގެ އަށްވަނަ ޖާގަ ލިބުނީ ގުރޫޕް އޭގެ ތިންވަނަ ހޯދި އެއިޓީ ފޯ އެފްސީ އަށެވެ. އެ ޓީމަށް އަށްވަނަ ޖާގަ ލިބުނީ ގުރޫޕް ބީގެ ތިންވަނަ ހޯދި އާރުއާރުސީ އާއި އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ގޯލްގެ ތަފާތަށް ބެލުމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top