ތައްޔާރުކުރުމަށް: 20 މިނެޓް
ކެއްކުމަށް: 30 މިނެޓް
ޖުމްލަ ވަގުތު: 50 މިނެޓް
މިންވަރު: 3 މީހުންނަށް
ބޭނުންވާ ތަކެތި:
ކެސަރޯލް ތައްޔާރުކުރުމަށް:
ކައްކާއިރު ތަތްނުލަވާ ގޮތަށް ޖަހާ ސްޕްރޭ
¼ ޖޯޑު ބަޓަރު
1 ޖޯޑު ހެވީ ކްރީމް
1 ½ ޖޯޑު ޕާމީޒާން ޗީޒް (ގާނާފައިވާ)
1 ލޮނުމެދު (ގާނާފައި ނުވަތަ ޗަސްކޮށްފައި)
½ ސައިސަމުސާ އަސޭމިރުސް (މުގުރި)
1 ސައިސަމުސާ ހިއްކި ޕާސްލީ
1 ½ ޖޯޑު ކުކުޅު (ކައްކައި ކުދިކޮށްފައި)
1 ޖޯޑު އިންސްޓަންޓް ރައިސް
1 ޖޯޑު ފްރޯޒެން ޕީސް
ލޮނު (ރަހަލާވަރަށް)
މައްޗަށް އެޅުމަށް:
¾ ޖޯޑު ފާރޮށި ކުނޑި
⅓ ޖޯޑު ޕާމީޒާން ޗީޒް (ގާނާފައިވާ)
2 ސޫޕުސަމުސާ ބަޓަރު (ވިރުވާފައިވާ)
¼ ސައިސަމުސާ ގާލިކް ޕައުޑަރ
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. އަށް އިންޗި ހަ އިންޗީގެ ފިހާ ތަބަކެއްގައި ކައްކާ ސްޕްރޭ ޖެއްސުމަށްފަހު ބަހައްޓާށެވެ.
2 – ކެސަރޯލް ތައްޔާރުކުރުމަށްޓަކައި، ކުޑަ ތަވައެއްގައި ބަޓަރުކޮޅު ވިރުވާލާށެވެ. އޭގެ ތެރެއަށް ކްރީމް އެޅުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ކައްކާށެވެ. މިގޮތަށް ކައްކާއިރު 5 މިނެޓް ވަންދެން މެދުނުކެނޑި ހަލަމުން ގެންދަންވާނެއެވެ.
3 – ދެން އޭގެ ތެރެއަށް ޕާމީޒާން ޗީޒް، ލޮނުމެދު، އަސޭމިރުސް އަދި ޕާސްލީ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި ބަހައްޓާށެވެ.
4 – ތައްޔާރުކުރި ސޯސްގަނޑުގެ ތެރެއަށް ކުކުޅު، ހަނޑޫ އަދި ޕީސްކޮޅު އަޅައި އެއްކޮށްލާށެވެ. ރަހަ ބެލުމަށްފަހު ލޮނާއި އަސޭމިރުސް ހެޔޮވަރުކޮށް، ކުރިން ތައްޔާރުކުރި ތަބަކަށް އޮއްސާލާށެވެ.
5 – މައްޗަށް އަޅާ ބައި ތައްޔާރުކުރުމަށްޓަކައި، ފާރޮށި ކުނޑި، ޗީޒް، ވިރުވި ބަޓަރު އަދި ގާލިކް ޕައުޑަރ އެއްކޮށްލާށެވެ. މި މިކްސްޗަރު ތަބަކުގައި ހުރި އެއްޗެހީގެ މައްޗަށް އެއްވަރަކަށް ފަތުރާލާށެވެ.
6 – އަވަނަށް ލައިގެން 25 އިން 28 މިނެޓް ވަންދެން ފިހާށެވެ. މަތީބައި ރަން މުށިކުލަ އަރައި ރަނގަޅަށް ހޫނުވުމުން އަވަނުން ނަގާށެވެ.
