ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ގްރިލްކޮށްފައިވާ ޕީނަޓް ބަޓަރ އަދި ދޮންކެޔޮ ސޭންޑްވިޗް – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 5 މިނެޓު
⏱️ ފިހުމަށް ހޭދަވާނެ ވަގުތު: 5 މިނެޓު
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 10 މިނެޓު
🍲 މި މިންވަރުން ތައްޔާރުކުރެވޭނީ: 1 މީހަކަށް

ބޭނުންވާ ތަކެތި:

🍳 2 ސަމުސާ ޕީނަޓް ބަޓަރ
🍳 2 ފޮތި ހޯލްވީޓް ޕާން
🍳 1 މެދު ސައިޒުގެ ދޮންކެޔޮ (ވަށްކޮށް ކޮށާފައި)
🍳 ކައްކަން ބޭނުންކުރާ ތެޔޮ ނުވަތަ ކުކިންގ ސްޕްރޭ

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ފުރަތަމަ އެއް ފޮތި ޕާނުގައި އެއް ސަމުސާ ޕީނަޓް ބަޓަރ އުނގުޅުމަށްފަހު، އޭގެ މަތީގައި ކޮށާފައި ހުރި ދޮންކެޔޮ ފޮތިތައް އަތުރާލާށެވެ. އެއަށްފަހު އަނެއް ޕާން ފޮތީގައި ބާކީ ހުރި ޕީނަޓް ބަޓަރ އުނގުޅުމަށްފަހު، ދޮންކެޔޮތަކުގެ މަތީގައި ބާއްވައި ބާރަށް ފިއްތާލާށެވެ.

2 – ދެން ތަވައެއްގައި ކުޑަ ތެޔޮކޮޅެއް ނުވަތަ ކުކިންގ ސްޕްރޭ ޖެހުމަށްފަހު، މެދު މިންވަރެއްގެ ގިންޏެއްގައި ހޫނުކުރާށެވެ. ތަވާ ހޫނުވުމުން ސޭންޑްވިޗް އޭގެ މަތީގައި ބާއްވައިގެން، ދެފަރާތް ރަން މުށިކުލަ އަރަންދެން (ކޮންމެ ފަރާތެއް ގާތްގަނޑަކަށް 2 ނުވަތަ 3 މިނެޓު ވަންދެން) ފިހެލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top