ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިނޮޅާއި ވައްކަރު ފައިނަލަށް
ފޮޓޯ: ރިސޯޓް ލީގު ފޭސްބުކް ޕޭޖް

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ބ. ޒޯންގެ ފައިނަލަށް ފިނޮޅު ރިސޯޓާއި ވައްކަރު ރިސޯޓް ދަތުރުކޮށްފިއެވެ.

ޖޫން 26 އިން ޖުލައި 5 އަށް އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓްގައި ކުރިޔަށް ގެންދާ މި ޒޯންގެ މުބާރާތުގައި މިއަހަރު އަށް ރިސޯޓަކުން ބައިވެރިވެފައިވެއެވެ. އެ ރިސޯޓްތަކަކީ އަވާނީ ފަރެސް މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، ފިނޮޅު މޯލްޑިވްސް، ވައްކަރު މޯލްޑިވްސް، އަނަންތަރަ ކިހާވައް މޯލްޑިވްސް، ސޮނެވާފުށި މޯލްޑިވްސް، ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރު އަދި އަމިއްލަ މޯލްޑިވްސްއެވެ.

މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު، ފުރަތަމަ މެޗު މިލައިދޫއާ ވާދަކޮށް އަވާނީ ވަނީ ފަސޭހަކަމާއިއެކު 7-1 އިން ކާމިޔާބު ކޮށްފައެވެ. ދެވަނަ މެޗުގައި ވައްކަރާއި އަމިއްލަ މޯލްޑިވްސް ބައްދަލުކުރިއިރު، މި މެޗު ވެސް ވީ ފަސޭހަ މެޗަކަށެވެ. ވައްކަރު މި މެޗު ކާމިޔާބުކުރީ 4-0 އިންނެވެ. ތިންވަނަ މެޗު ފިނޮޅާއި ބައްދަލުކޮށް އަނަންތަރަ ކާމިޔާބުކުރީ ވެސް ފަސޭހަކަމާއިއެކު 5-1 އިންނެވެ. ހަތަރުވަނަ މެޗު ފޯރިގަދަވިއިރު، ސޮނެވާއާ ވާދަކޮށް ލަނޑާގިރާވަރަށް ހޯދުނީ 3-2 ގެ އުނދަގޫ މޮޅެކެވެ. އެންމެ ވާދަވެރިކަން ބޮޑުވި ފަސްވަނަ މެޗު ވައްކަރާއި އަވާނީ ވީ 2-2 އިން އެއްވަރެވެ. ހަވަނަ މެޗު އަމިއްލައާ ވާދަކޮށް މިލައިދޫ މޮޅުވީ 2-1 އިންނެވެ. ހަތްވަނަ މެޗުން ސޮނެވާ ބަލިވީ ފިނޮޅާއި ވާދަކޮށް 5-3 އިންނެވެ. ވާދަވެރިކަން ބޮޑުވި އަށްވަނަ މެޗު ލަނޑާގިރާވަރާއި އަނަންތަރަ ވީ 3-3 އިން އެއްވަރެވެ. މިލައިދޫ އާއި ވައްކަރު ވާދަކުރި ނުވަވަނަ މެޗު ވެސް ވީ އެއްވަރެވެ. ދިހަވަނަ މެޗުން އަވާނީ މޮޅުވީ އަމިއްލައާ ވާދަކޮށް 5-3 އިންނެވެ. އެގާރަވަނަ މެޗު އަނަންތަރަ ކާމިޔާބުކުރީ ސޮނެވާއާ ވާދަކޮށް 5-2 އިންނެވެ. 12 ވަނަ މެޗުގައި ފިނޮޅު ވަނީ 3-1 އިން ލަނޑާގިރާވަރު ބަލިކޮށްފައެވެ.

ފޮޓޯ: ރިސޯޓް ލީގު ފޭސްބުކް ޕޭޖް

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިނޮޅާއި އަވާނީއެވެ. ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 2-1 އިން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރީ ފިނޮޅެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިނޮޅުގެ ހަސަން ޝާމްއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވައްކަރާއި އަނަންތަރައެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗު ވެސް ވީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށެވެ. ވައްކަރު މި މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކުރީ 2-1 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވައްކަރު ޓީމުގެ މުޙައްމަދު ތަހުސީންއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top