ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާގަވް ޖުޔަލްގެ “ބާއީ ތޭރާ ސްޓާރް ހޭ” ގެ ޓްރެއިލާ ދައްކާލައިފި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ އެކްޓަރު ރާގަވް ޖުޔަލް މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު “ބާއީ ތޭރާ ސްޓާރް ހޭ” ގެ އިންތިޒާރު ކުރެވެމުންދިޔަ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. މި ޓްރެއިލާއާއެކު ފިލްމުގައި ރާގަވް ކުޅޭ “އަޖޭ ސިންގް” ގެ މަޖާ އަދި ތަފާތު ސިފަތައް ފުރަތަމަ ފަހަރަށް ބެލުންތެރިންނަށް މިވަނީ ފެނިގެން ގޮސްފައެވެ.

ކޮމެޑީ އަދި ޑްރާމާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލާ އިން ފެންނަނީ ވަރަށް ހަކަތަގަދަ، މަޖާ ހާދިސާތަކެކެވެ. ފިލްމުގެ މައިގަނޑު މައުޟޫއަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، މީހެއްގެ ކިބައިގައި ހުންނަ އާދަޔާ ޚިލާފު ހުނަރުތަކެވެ. ޚާއްސަކޮށް ރާގަވްގެ ކޮމެޑީ ޓައިމިންގް އާއި އޭނާގެ އެކްޓިންގް މި ޓްރެއިލާގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރާގަވް ޖުޔަލް ބުނީ، އޭނާ ކުޅޭ އަޖޭ ސިންގްގެ ކެރެކްޓަރަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ، ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާނެ ކެރެކްޓަރެއް ކަމަށެވެ. އަދި މި ފިލްމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބަލާލެވޭނެ ފަދަ އާއިލީ މުނިފޫހިފިލުވުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ފިލްމުގެ ޑައިރެކްޓަރު ވިވެކް ބީ. އަގްރަވާލް ބުނި ގޮތުގައި “ބާއީ ތޭރާ ސްޓާރް ހޭ” އަކީ ސީދާ މުނިފޫހިފިލުވުމަށް އަމާޒުކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ރާގަވްގެ އިތުރުން ސަންޖޭ ކަޕޫރު، ޗަންދަން ރޯއި ސަންޔާލް، ބަރްކާ ސިންގް އަދި ޓީނާ ދޭސާއީ ފަދަ ތަރިން ފެނިގެންދާނެއެވެ.

އީސްޓްވުޑް ޕިކްޗާސް އިން އުފައްދާފައިވާ މި ފިލްމު ސިނަމާތަކަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. މި ފިލްމަކީ ދާދި ފަހުން “ކިލް” ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދި ރާގަވްގެ ކޮމެޑީއާއެކު އޭނާގެ މުޅިން ތަފާތު ސިފައެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top