ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕްރިޔަދަރްޝަންގެ “ހައިވާން” އަށް އަކްޝޭ އަދި ސައިފް ހޮވި ސަބަބު ހާމަކޮށްފި
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރްޝަން، ސުޕަސްޓާރު އަކްޝޭ ކުމާރާއި ސައިފް އަލީ ޚާންއާ އެކު އުފެއްދި އާ ފިލްމު “ހައިވާން” އަށް އެ ދެ ތަރިން ހޮވި ސަބަބު ހާމަކޮށްފިއެވެ. ކޮމެޑީ ފިލްމުތަކަށް މަޝްހޫރު ޕްރިޔަދަރްޝަން މި ފަހަރު ފެނިގެންދާނީ ތުރިލާ ޖޯންރާގެ ފިލްމަކުންނެވެ.

“ހިންދުސްތާން ޓައިމްސް” އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަދަރްޝަން ބުނީ، މި ޒަމާނުގެ އާ ޖީލުގެ އެކްޓަރުންނާއެކު މަސައްކަތްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އާ ޖީލުގެ ތަރިންގެ މެދުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަޤީންކަން ވަރަށް ކުޑަ ކަމަށް އޭނާ ފާހަގަކުރިއެވެ.

“ކުރިން އަހަރެން އަކްޝޭ އާއި ގޯވިންދާ، އަދި އަޖޭ ދޭވްގަން އާއި އަކްޝޭ ކަންނާ ފަދަ ތަރިންނާއެކު މަސައްކަތް ކުރިން. އެމީހުންގެ މެދުގައި ބޮޑާކަމާއި ކިބުރުވެރިކަމެއް ނެތުމުން އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އެކަމަކު އާ ޖީލުގެ އެކްޓަރުން ވަރަށް އިންސެކިއު. އެމީހުން އަބަދުވެސް ބަލަނީ އަނެކާ ކުރަނީ ކީއްތޯ، އަމިއްލައަށް ކުރަންވީ ކަންތަކަކަށް ނޫން ވިސްނަނީ.” ޑައިރެކްޓަރު ބުންޏެވެ.

ކޮމެޑީ ފިލްމުތައް ހެދުން މެދުކަނޑާލައި ސީރިއަސް ފިލްމަކަށް އެނބުރުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ޕްރިޔަދަރްޝަން ބުނީ، އޭނާގެ ކެރިއަރު ފެށީ “ވިރާސަތު” ފަދަ ސީރިއަސް ފިލްމުތަކުން ކަމަށެވެ. ނަމަވެސް “ހީރާ ޕޭރީ” އަށްފަހު ކޮމެޑީ ޑައިރެކްޓަރެއްގެ ލޭބަލް އެޅުނު ކަމަށާއި، އެހެންނަމަވެސް ދެކުނު އިންޑިއާގެ ސިނަމާގައި ސީރިއަސް ފިލްމުތައް ވެސް ހަދަމުން އައި ކަމަށް އޭނާ ބުންޏެވެ. “ހައިވާން” އަކީ މާ އަނދިރި ފިލްމެއް ނޫން ކަމަށާއި، މަޖާ ކަންކަމުގެ އިތުރުން ވަރަށް އަސަރުގަދަ ވާހަކައެއް އެކުލެވޭ ފިލްމެއް ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

މިވެސް ކިޔާލަން:  "ފޯން ބޫތު" ގެ ފަސްޓް ލުކް ދައްކާލައިފި

މި ފިލްމަކީ ޕްރިޔަދަރްޝަން އަދި އަކްޝޭ ކުމާރު އެކުގައި މަސައްކަތްކުރާ 8 ވަނަ ފިލްމެވެ. އަކްޝޭއާ އޮތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން ޕްރިޔަދަރްޝަން ބުނީ، މިއީ އެކަކު އަނެކަކަށް އޮތް ފުރިހަމަ އިތުބާރެއް ކަމަށާއި، ޝޫޓިންގ ތެރޭގައި އަކްޝޭ ދުވަހަކުވެސް ސުވާލު ނުއުފައްދައި، ޑައިރެކްޓަރު އެދުނު ގޮތަކަށް އެކްޓުކޮށްދޭ ކަމަށެވެ.

ބޯމަން އިރާނީ އަދި ސައްޔާމީ ކޭރް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރު 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top