ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަ އަދި ސޭންޑީގެ “ދެވި” ޝޫޓިންގެ މަންޒަރުތައް އާއްމުކުރަން ފަށައިފި
ފިލްމު “ދެވި” ޝޫޓިންއަށް ފައިނަށް ކުރި ދަތުރުމަތިން / ދެވި

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ އަލަށް ޕްރޮޑިއުސްކޮށް ސޭންޑީ އަލަށް ޑައިރެކްޓްކުރާ ފީޗާ ފިލްމު “ދެވި”ގެ ޝޫޓިން މަންޒަރުތައް އާއްމުކުރަން ފަށައިފިއެވެ.

ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން އުފައްދާ އައު ފިލްމު “ދެވި”ގެ ޝޫޓިންގް ނިންމާލިތާ އެތައް ދުވަހެއް ފަހުން، އެ ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ މަންޒަރުތައް އާއްމުންނަށް ދައްކާލަން މިވަނީ ފަށާފައެވެ.

މި ފިލްމުގެ މުހިންމު މަންޒަރުތަކެއް ނަގާފައިވަނީ ރ. ފައިނުގައެވެ. ފިލްމުގެ ޝޫޓިންގްގެ ފުރަތަމަ ދުވަސްތަކުގެ ހަނދާންތައް އާކުރަމުން، ފިލްމުގެ ޓީމުން ވަނީ ފައިނު ރައްޔިތުންގެ ފަރާތުން ލިބުނު މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އައްޒަ ބުނެފައިވަނީ، ފައިނަށް ފައިބައި ފައިބީއްސާލި ހިސާބުން ފެށިގެން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ހިތްހެޔޮކަމަކާއި އޯގާތެރިކަމެއް ކަމަށެވެ. އަދި އެ ރަށުން ލިބުނު މެހެމާންދާރީގެ ސަބަބުން ޝޫޓިންގް ކުރިއަށް ދިޔަ ދުވަސްތަކަކީ ހިތްގައިމު އަދި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

“ފައިނުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔައީ ފިސާރި ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރަށެއް. އަޅުގަނޑުމެންނަށް އިހުސާސްވީ އަމިއްލަ ގޭގައި އުޅެވޭ ކަމަށް. ފައިނު އަބަދުވެސް އޮންނާނީ އަޅުގަނޑުމެންގެ ހިތުގެ ހާއްސަ މަގާމެއްގައި،” އައްޒަ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވެއެވެ.

މި ފިލްމުގެ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އެކްސް ޓްރެވަލްސް އެވެ. “ދެވި” ގެ ޝޫޓިންގް އެއްކޮށް ނިންމާލާފައިވާއިރު، ފިލްމުގެ ޓީމުން މިހާރު ތައްޔާރުވަމުންދަނީ ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.

ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާޒް ޒަކީ އާ ގުޅިގެން ޔާރާއިން ގެނެސްދޭ “ދެވި” ލިޔެފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.

“ދެވި” ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ތަރިންނަނީ މަރިޔަމް އައްޒަ، ޝަރަފް ޢަބްދުﷲ، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) އެވެ.

“ދެވި” ކެމެރާކޮށްފައިވަނީ ލައިޓްސްއައުޓްގެ ސަމާހް އިބްރާހީމް އެވެ.

ޔާރާގެ “ދެވި” އޮލިމްޕަހުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2026ގައެވެ.

Screenshot

ޔާރާ ޕްރޮޑަކްޝަނުން މީގެ ކުރިންވެސް ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، ސޭންޑީގެ ޑައިރެކްޝަނަކަށް އުފައްދާ މި ފިލްމަކީވެސް ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިންގްގެ ތެރެއިން ނަގާފައިވާ ބައެއް މަންޒަރުތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top