ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހޫނު މޫސުމަކީ އެންމެ ކަމުދާ މޫސުން ކަމަށް ބުނާ މީހުންގެ ކިބައިގައި ހުންނަ ޚާއްސަ 6 ސިފައެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި މޫސުންތަކާމެދު ގެންގުޅޭ ޝައުޤުވެރިކަން ތަފާތެވެ. ނަމަވެސް، ހޫނު މޫސުމަކީ އެންމެ މަޤުބޫލު އެއް މޫސުމެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކާއި ނަފުސާނީ މާހިރުންގެ ހޯދުންތަކުން ދައްކާގޮތުގައި، ހޫނު މޫސުމަށް ލޯބިކުރާ މީހުންގެ ކިބައިގައި ވަކި ޚާއްސަ ސިފަތަކެއް އެކުލެވިގެންވެއެވެ.

ޔޯޓެންގޯ މަޖައްލާގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ހޫނު މޫސުން އިޚްތިޔާރުކުރާ މީހުންގެ ކިބައިން ފެންނަ މައިގަނޑު ހަ ސިފައަކީ:

1. އިޖުތިމާޢީ ގުޅުންތަކަށް ލޯބިކުރުން

ހޫނު މޫސުމަށް ލޯބިކުރާ މީހުންނަކީ އާންމުގޮތެއްގައި މީހުންނާ ގުޅޭ، ހަލުވި މިޒާޖެއްގެ ބައެކެވެ. ބޭރަށް ނުކުމެ އުޅުމާއި، ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަކީ މިފަދަ މީހުންނަށް ނުހަނު އުފާވެރިކަން ލިބޭ ކަމެކެވެ.

2. ހަކަތަ އިތުރުވުން

އިރުގެ އަލިގަދަވުމަކީ މިފަދަ މީހުންގެ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދޭ ކަމެކެވެ. ދުވާލުގެ ވަގުތު ދިގުވުމާއެކު، ގިނަ މަސައްކަތްތަކެއް ކުރުމުގެ ރޫހު އެމީހުންގެ ކިބައިގައި ހުރެއެވެ.

3. އުފާވެރި އަދި އުންމީދީ މިޒާޖު

ހޫނު މޫސުމަށް ލޯބިކުރާ މީހުންނަކީ އާންމުކޮށް ޕޮޒިޓިވް ނުވަތަ އުންމީދުން ފުރިގެންވާ ބައެކެވެ. އިރުގެ އަލިން ލިބޭ ވިޓަމިން ޑީގެ ސަބަބުން އެމީހުންގެ މޫޑު ރަނގަޅުވެ، ހާސްކަން ކުޑަވާކަމަށް މާހިރުން ފާހަގަކުރެއެވެ.

4. ބޭރުތެރޭގައި އުޅުމަށް ޝައުޤުވެރިވުން

ޤުދުރަތީ ރީތިކަމާއި، ކަނޑުމަތީގެ ހަރަކާތްތަކަށް މިފަދަ މީހުން ވަރަށް ބޮޑަށް ލޯބިކުރެއެވެ. ގޭތެރޭގައި ތިބުމަށްވުރެ ބޭރުގެ މާހައުލެއްގައި ވަގުތު ހޭދަކުރުމަކީ އެމީހުންނަށް ލިބޭ ހިތްހަމަޖެހުމެކެވެ.

5. ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން

ހޫނު މޫސުމަކީ ކުއްލި ބަދަލުތައް އަންނަ މޫސުމަކަށް ވީނަމަވެސް، މި މޫސުމަށް ލޯބިކުރާ މީހުންނަކީ ކަންކަމަށް ފަސޭހައިން އަހުލުވެރިވާ ބައެކެވެ.

މިވެސް ކިޔާލަން:  ރުޅި ކޮންޓްރޯލް ކުރުން!

6. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވުން

މި މޫސުމުގައި ލާންޖެހޭ ފޭރާމާއި އުޅެންޖެހޭ ގޮތުގެ ސަބަބުން، ހޫނު މޫސުމަށް ލޯބިކުރާ މީހުންގެ ކިބައިގައި އަމިއްލަ ސިފައާމެދު އޮންނަ އިތުބާރު ބޮޑުކަމަށް ދިރާސާއިން ދައްކައެވެ.

މި ހޯދުންތަކުން އެނގިގެންދަނީ އިންސާނާގެ މިޒާޖާއި އޭނާ އެންމެ ގަޔާވާ މޫސުމާ ދެމެދު ވަރުގަދަ ގުޅުމެއްވާ ކަމެވެ. ދިވެހިރާއްޖެއަކީ އަބަދުވެސް ހޫނު މޫސުމެއް އޮންނަ ޤައުމަކަށް ވުމާއެކު، ދިވެހިންގެ ކިބައިގައިވެސް މިފަދަ ގިނަ ސިފަތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top