ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަފްރާހް، ޒަރީރުގެ ކެރެކްޓަރ ދައްކައދިން ފުރިހަމަކަމަށް ޢާއިޝަތު ފުއާދުގެ ތަޢުރީފު!

ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުޙައްމަދު އަފްރާހް، ފިލްމު “ޖަންނަތު”ގައި އާދަމް ޒަރީރުގެ ކެރެކްޓަރ ދައްކައިދިން ފުރިހަމަކަމަށް ޢާއިޝަތު ފުއާދު ތަޢުފީޤް ތަޢުރީފުކޮށްފިއެވެ.

ފިލްމު “ޖަންނަތު”ގެ ސްކްރީންޕްލޭ ލިޔުމުގައި ބައިވެރިވި ޢާއިޝަތު ފުއާދު ތަޢުފީޤްގެ ފޭސްބްކްގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ:

“އާދަމް ޒަރީރަކީ، ކޮންމެފަދަ ހުރަސްތަކެއް ކުރިމަތިވި ކަމުގައިވީ ނަމަވެސް، އެކަންކަމަށް ނުބަލައި ދަރިންގެ ހައްގުގައި ސާބިތުކަމާއެކު ތިބޭ ބެލެނިވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން އަޅުގަނޑުމެން ހުށަހަޅައިދޭ ނަމޫނާއެކެވެ. މިއީ މުޖުތަމައު ގަބޫލުކުރާ އާންމު އުސޫލުތަކަށްވުރެ ބޮޑަށް، ދަރިފުޅަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް އިސްކަންދޭ ބެލެނިވެރިންގެ ރަމްޒެކެވެ.

އެފަދަ ބެލެނިވެރިން ދައްކުވައިދޭ ހިތްވަރާއި ކެތްތެރިކަމުގެ މަތިވެރިކަމަކީ ބަަހުން ބަޔާންކުރެވޭނެ ފަދަ ކަންކަމެއް ނޫނެވެ. މިފަދަ މަތިވެރި ބާރެއްގެ ސިއްރަކީ ދަރިންދެކެވާ އިންތިހާ ލޯތްބާއި، އެ މާނަވީ ލޯތްބާއެކު ލިބިދޭ އުފާވެރިކަމެވެ.”

ޢާއިޝަތު ފުއާދު ތަޢުފީޤް ބުނީ މުހައްމަދު އަފްރާހު، މި ކެރެކްޓަރ އެހާ ފުރިހަމައަށް އަދި އެހާ ވަރުގަދަ އަޒުމަކާއެކު ދައްކުވައިދިނީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

ފިލްމު “ޖަންނަތު”ގެ ކާސްޓުންނާއި ކްރޫއިންގެ މަސައްކަތްތައް ފާހަގަކޮށް ޝައުގުވެރި ޕޯސްޓްތަކެއް، ޢާއްމުކޮށް ބަސްމަދު ޢާއިޝަތު ފުއާދު ތަޢުފީޤް ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

03 އޯގަސްޓް 2026ގައި ރިލީޒްކުރާ “ޖަންނަތު”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޝަރަފް، ޝުހާ، މުޙައްމަދު ރަޝީދު (ދަރާ)، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޔާދާ، އަފްރާހް އަދި އަންޖީއެވެ.

ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްކޯށްފައިވާ ފިލްމު “ޖަންނަތު” ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް އެވެ. މި ފިލްމު ޕްރޮޑިއުސްކުރީ އައިޝަތު ފުއާދު އާއި މުހައްމަދު އަލީ (މޮގާ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top