ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އޯބަތް ފެން: ދިރާސާތަކުން ބާރުދޭ ފަރުވާއެއް
ފޮޓޯ: ފްރެންޒީ ވެލްނަސް - އެފްބީ

ރޭގަނޑު އޯބަތް ފެނަށް އަޅާފައި ބެހެއްޓުމަށްފަހު، ހެނދުނު ހުސްބަނޑާ އެ ފެން ބުއިމަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ އާދައެކެވެ. މިއީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ނަމަވެސް، މިކަމުގެ ސިއްޙީ މަންފާތަކާ ގުޅޭގޮތުން ކުރެވޭ އިލްމީ ދިރާސާތަކާއެކު، މި އާދައަށް މިހާރު ވަނީ އާދަޔާ ޚިލާފު ސަމާލުކަމެއް ލިބެން ފަށާފައެވެ.

އޯބަތަކީ ގަދީމީ ބޭސްވެރިކަމުގައި ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ އެއްޗެކެވެ. 2020 ވަނަ އަހަރު އީރާނުން އަދި 2015 ވަނަ އަހަރު އިނގިރޭސިވިލާތުން ކުރި ދިރާސާތަކުން ދައްކާގޮތުގައި، އޯބަތް ބޭނުންކުރުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭތީ، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ގިނަ ވަގުތު ބަނޑުފުރިފައި ހުންނަކަމުގެ އިޙުސާސް ކޮށްދެއެވެ.

ދިވެހިރާއްޖޭގައި ވެސް ޤުދުރަތީ އަދި ސާދާ ސިއްޙީ އާދަތަކަށް ދެވޭ ސަމާލުކަން އިތުރުވަމުންދާއިރު، ގިނަ ބަޔަކު މިހާރު އަންނަނީ ދިރިއުޅުމުގެ އާދައެއްގެ ގޮތުގައި އޯބަތް ފެން ބޭނުންކުރަމުންނެވެ.

އެހެންނަމަވެސް، ސިއްޙީ މާހިރުން އިރުޝާދު ދެއްވާގޮތުގައި، އޯބަތް ފެނަކީ ބައްޔަކަށް އޮތް ފަރުވާއެއް ނޫނެވެ. އަދި ޑޮކްޓަރުން ދީފައިވާ ބޭސްތަކުގެ ބަދަލުގައި މިއީ ބޭނުންކުރަންޖެހޭ އެއްޗެއް ވެސް ނޫނެވެ. މިކަމާ ގުޅޭ އިތުރު ދިރާސާތައް އަދިވެސް ބޭނުންވާއިރު، މީގެ ނަތީޖާ ކޮންމެ މީހަކަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ދުުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި، ފައިދާހުރި ކާނާ ކެއުމާއި، ޤަވާއިދުން ކަސްރަތުކުރުމާއި، ގިނައިން ފެން ބުއިމުގެ އިތުރުން ހަމަ ނިދި ހޯދުމަކީ މުހިންމު ކަމެކެވެ. އޯބަތް ފެން ބޭނުންކުރަންވާނީ މިފަދަ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއެކުގައެވެ.

ތިޔަ ބޭފުޅުން އޯބަތް ފެން ބޭނުންކުރައްވަންތޯ؟ ޒަމާނީ ސައިންސާއި ގަދީމީ ބޭސްވެރިކަން ގުޅުމުން، މިފަދަ ޤުދުރަތީ ފަރުވާތަކަށް އޮތް ޝައުޤުވެރިކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

5
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top