ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ދަރޭ ނިޖާތު” އޮގަސްޓް މަހު ފަށަނީ
ފޮޓޯ: ގޫގަލް

ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް، އޭއާރްވައި ޑިޖިޓަލް އިން އުފައްދާ އެންމެ އުންމީދީ އެއް ޑްރާމާ ސިލްސިލާ ކަމަށްވާ “ދަރޭ ނިޖާތު” އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ދައްކަން ފެށުމަށް ނިންމައިފިއެވެ.

މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޕާކިސްތާނުގެ މަޤުބޫލު ދެ ތަރިން ކަމަށްވާ ދުރުފިޝާން ސަލީމް އަދި ޝެހެރްޔާރު މުނައްވަރު ސިއްދީޤީއެވެ. މީގެ އިތުރުން ނަމީރު ޚާން، ސަހަރް ހާޝިމީ، ރޮމައިސާ ޚާން، ސާނިޔާ ސައީދު، ސަބާ ހާމިދު، ނާދިއާ އަފްގާން އަދި މަހްމޫދު އަސްލަމް ފަދަ ތަޖުރިބާކާރު ފަންނާނުން މި ސިލްސިލާގެ މުހިންމު ބައިތަކުން ފެނިގެންދާނެއެވެ.

“ދަރޭ ނިޖާތު” ގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަޝްހޫރު ލިޔުންތެރިޔާ އުމައިރާ އަހުމަދެވެ. ސާޤިބް ޚާން ޑައިރެކްޓްކޮށް، “ތްރީޒް އެންޓަޓެއިންމަންޓް” އިން ޕްރޮޑިއުސްކުރާ މި ސިލްސިލާ ބިނާވެފައިވަނީ ތަޤުދީރާއި، އާއިލީ ގުޅުންތަކުގެ މައްޗަށެވެ. މީގެ އިތުރުން ކުށްތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތާއި، މާފުކުރުމާއި، ލޯތްބާއި ޤުރުބާނީގެ އަސަރުގަދަ މަންޒަރުތަކެއް މި ޑްރާމާއިން ފެނިގެންދާނެއެވެ.

މި ސިލްސިލާގައި ދައްކުވައިދެނީ އިންސާނުންގެ އަމިއްލަ ނަފުސަށް ކުރިމަތިވާ ހަނގުރާމަތަކާއި، ސިއްރުވެފައިވާ މާޒީގެ ސަބަބުން ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ. މި ޑްރާމާގެ މައިގަނޑު މަޤުސަދަކީ ކޮންމެ އިންސާނަކަށްވެސް “ނިޖާތު” ނުވަތަ ސަލާމަތްކަން ހޯދުމަށް ކުރެވޭނެ މަސައްކަތްތައް ދައްކުވައިދިނުމެވެ.

އޮގަސްޓް 1 އިން ފެށިގެން މި ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ. އަދި ޓީވީގެ އިތުރުން އޭއާރްވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

މިވެސް ކިޔާލަން:  The full story of Thailand’s extraordinary cave rescue
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top