ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަރަން ޖޯހަރުގެ “ދަ ޓްރެއިޓަރސް” ސީޒަން 2 ގެ ބައިވެރިން އިޢުލާންކޮށްފި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދޭ ރިއަލިޓީ ޝޯވ “ދަ ޓްރެއިޓަރސް” ގެ ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބަށްފަހު، ދެވަނަ ސީޒަންގައި ބައިވެރިވާ 21 ފަންނާނުންގެ ނަންތައް މިއަދު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ޕްރައިމް ވީޑިއޯއިން ދެއްކުމަށް ހަމަޖެހިފައިވާ މި ޝޯވގެ ދެވަނަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. ކޮންމެ ބުރާސްފަތި ދުވަހަކު މި ޝޯވގެ އާ އެޕިސޯޑުތައް ރިލީޒްކުރާނެއެވެ.

މި ފަހަރުގެ ސީޒަންގައި ބައިވެރިވާ ފާހަގަކޮށްލެވޭ ބައެއް ފަންނާނުންގެ ތެރޭގައި ބަތަލާ ރިއާ ޗަކްރަބަޓީ، ކޮމޭޑިއަން މުނައްވަރު ފާރޫޤީ އަދި ބަތަލާ ޝްވޭތާ ތިވާރީ ހިމެނެއެވެ. މީގެ އިތުރުން މަޝްހޫރު ބަތަލާ މަލިކާ ޝެރާވަތާއި، މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝުބްމަން ގިލްގެ އަންހެން ކޮއްކޮ ޝެހްނީލް ގިލް ވެސް މި ޝޯއިން ފެނިގެންދާނެއެވެ.

މީގެ އިތުރުން ކްރިސްޓަލް ޑިސޫޒާ (ބަތަލާ)، ރަންވީރު ބްރާރް (ޝެފް އަދި އެކްޓަރު)، އަބީޝެކް މަލްހާން (ކޮންޓެންޓް ކްރިއޭޓަރ)، ރިދާ ތަރާނާ (ބިއުޓީ އިންފްލުއެންސަރ)، ތާނިއާ ޕޫރީ (ޕްރައިވެޓް އިންވެސްޓިގޭޓަރ)، ޝާލިނީ ޕާސީ (ސޯޝަލައިޓް)، ސައުންޑަސް މޫފާކިރް (ރިއަލިޓީ ޓީވީ ތަރި)، ހަރްމަން ސިންގާ (އެކްޓަރު)، އަންޝް ޗޯޕްރާ (އިންފްލުއެންސަރ)، ކުލޫ (ކޮމެޑީއަން / ހޯސްޓް)، ކަރަން ސިންގް މެޖިކް (މެންޓަލިސްޓް)، އިކާ (ރެޕަރ)، ޕަރުލް ގުލާޓީ (ބަތަލާ އަދި ވިޔަފާވެރިޔާ)، ޕްރިޝް (އެންމެ ހަގު ބައިވެރިޔާ)، ސާހިލް ސަލާތިއާ (އެކްޓަރު) އަދި ދަލިޕް ތާހިލް (ސީނިއަރ އެކްޓަރު) ހިމެނެއެވެ.

މިވެސް ކިޔާލަން:  "ކޮސް ގިނަ މިސްޓޭކް" ގެ ޝޫޓިން މާރިޗް މަހު

މި ޝޯވއަކީ ބައިވެރިންގެ މެދުގައި އޮންނަ އިތުބާރާއި، މަކަރާއި ހީލަތުގެ މައްޗަށް ބިނާވެފައިވާ ވަރަށް ފޯރިގަދަ މުބާރާތެކެވެ. ކަރަން ޖޯހަރު ހޯސްޓްކުރާ މި ޝޯވއަށް އިންޑިއާގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ބޮޑު ސަމާލުކަމެއް ވަނީ ހުއްޓިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top