ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޓޮކްސިކް” އިޚްތިޔާރުކުރީ އަންހެނުންގެ ކެރެކްޓަރތައް އެއްގޮތަކަށް ބަހައްޓަން ބޭނުންނުވާތީ: ކިއާރާ އަދުވާނީ
ފޮޓޯ: ގޫގަލް

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޔަޝް ލީޑް ރޯލުން ފެނިގެންދާ އެކްޝަން ތުރިލާ “ޓޮކްސިކް: އޭ ފެއަރީޓޭލް ފޯ ގްރޯން-އަޕްސް” ގައި ބައިވެރިވާން ނިންމި ސަބަބާ ބެހޭގޮތުން ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ ވާހަކަދައްކައިފިއެވެ.

ފެމިނާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކިއާރާ ބުނީ މި ފިލްމުގެ ވާހަކަ ކިޔައިދިން ވަގުތު އޭނާގެ ކެރެކްޓަރ ފަރުމާކޮށްފައިވާ ގޮތުން ވަރަށް ބޮޑަށް ހިތްޖެހުނު ކަމަށެވެ. އަދި މިއީ އެކްޓަރަކު އަދާކުރަން ބޭނުންވާ ފަދަ ވަރުގަދަ ރޯލެއް ކަމަށާއި، އޭނާގެ ކެރިއަރުގެ މިހިސާބުން މިފަދަ ކެރެކްޓަރެއް ކުޅުމުގެ އިތުބާރު އެބަހުރި ކަމަށްވެސް ކިއާރާ ފާހަގަކުރިއެވެ.

“އަހަރެން ބޭނުމެއް ނުވޭ އަންހެނުންނަކީ ވަކި ކަހަލަ ބައެއްގެ ގޮތުގައި (ސްޓީރިއޯޓައިޕް) ދައްކާކަށް. އަންހެނުންނަކީ އެއަށްވުރެ މާ ވަރުގަދަ ބައެއް. އެހެންވީމާ ފިލްމުތަކުން ފެންނަ އަންހެން ކެރެކްޓަރތަކަކީ ވެސް ވަރުގަދަ، ހަޤީޤީ އަދި ކޮމްޕްލެކްސް ބަޔަކަށް ވާންޖެހޭނެ.” ކިއާރާ ބުންޏެވެ.

ގީތޫ މޯހަންދާސް ލިޔެ ޑައިރެކްޓްކުރާ މި ފިލްމަކީ ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ ވާދަވެރިކަމެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ޔަޝް އަދި ކިއާރާގެ އިތުރުން ނަޔަންތާރާ، ތާރާ ސުތާރިއާ، ހުމާ ޤުރޭޝީ އަދި ރުކްމިނީ ވަސަންތު މުހިންމު ރޯލުތަކުން ފެންނާނެއެވެ. މީގެ އިތުރުން އަކްޝޭ އޮބެރޯއީ، ސުދޭވް ނައިރު އަދި އަމިތު ތިވާރީ ވެސް ކާސްޓުގައި ހިމެނެއެވެ.

ބައިނަލްއަޤުވާމީ އެކްޝަން ކޮރިއޮގްރާފަރު ޖޭޖޭ ޕެރީ އާއި އަންބަރީވްގެ އެކްޝަން މަންޒަރުތައް ހިމެނޭ މި ފިލްމަކީ ގިނަ ބަހުރުވަތަކަކުން ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި ކަންނާޑާ، އިނގިރޭސި، މަލަޔާޅަމް، ތެލުގޫ، ހިންދީ އަދި ތަމަޅަ ބަސް ހިމެނެއެވެ.

މިވެސް ކިޔާލަން:  ހޭރިޔާ ބޮޑުބެރުގެ ޢީދުލް އަޟްޙާ - ސަޅި ލަވައެއް!

“ޓޮކްސިކް” އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މާރިޗް 2026 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފަސްކުރުމަށްފަހު، މިހާރު ފިލްމު ސިނަމާތަކަށް އަންނާނީ 26 އޮގަސްޓް 2026 ގައެވެ.

ޔަޝްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ “ރާމާޔަނާ” ގައި އޭނާ ރާވަނާގެ ރޯލުން ފެންނާނެއެވެ. މި ފިލްމުގެ ފުރަތަމަ ބައި 2026 ވަނަ އަހަރުގެ ދިވާލީގައި ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top