މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖާތިއާގެ ކުރިއަށް އޮތް ފިލްމު “ޔޭ ޕްރޭމް މޯލް ލިޔާ” ގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ. އާއިލީ ޑްރާމާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ މަސައްކަތް ނިންމާލިކަން އިއުލާންކުރީ ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްއެވެ.
ފިލްމުގެ ފަހު މަންޒަރުތައް ނަގާފައިވަނީ މުމްބާއީގެ ވޯލްކޭޝްވަރުގައި ހުންނަ ބަންގަންގާގައެވެ. އަނޫޕަމް ކޭރް ވަނީ ސޯޝަލް މީޑިއާގައި އެ ސަރަހައްދުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް، ސޫރަޖް ބަރްޖާތިއާ އާއެކު މަސައްކަތް ކުރުމަށް ލިބުނު ފުރުސަތަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
އަނޫޕަމް ކޭރްގެ މެސެޖުގައި ބަރްޖާތިއާގެ ފިލްމު އުފެއްދުމުގެ ހުނަރަށް ވަރަށް ބޮޑަށް ތަޢުރީފުކުރިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ފިލްމީ އިންޑަސްޓްރީއަށް އަންނަ ބަދަލުތަކާއެކުވެސް، ބަރްޖާތިއާގެ ފިލްމުތައް ކިޔައިދޭ ގޮތް ތަފާތުވެފައި ފުރިހަމައެވެ. “ދުނިޔޭގެ ސިނަމާއަށް ބަދަލުތައް އަންނަމުންދާއިރުވެސް، ސޫރަޖްގެ މަސައްކަތްތައް ހުރީ އެއް ފެންވަރެއްގައި ހިތްގައިމުކޮށް.” އޭނާ ލިޔެފައިވެއެވެ. އަދި ބަރްޖާތިއާގެ ފިލްމުތަކަކީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ ބައެއް ކަމަށްވެސް އޭނާ ބުންޏެވެ.
View this post on Instagram
މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަނޫޕަމް ވަނީ ފިލްމުގެ މުޅި ޓީމަށް ޝުކުރު އަދާކޮށް، ބެލުންތެރިންނަށް މި ފިލްމު ދައްކާލުމަށް ކެތްމަދުވެފައި ހުރިކަން ހާމަކޮށްފައެވެ.
“ޔޭ ޕްރޭމް މޯލް ލިޔާ” އަކީ ރާޖްޝްރީ ފިލްމްސް އާއި މަހާވީރު ޖެއިން ފިލްމްސް ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުން ފުރަތަމަ ފަހަރަށް އާޔޫޝްމާން ކުރާނާ އާއި ޝަރުވަރީ އެކުގައި ފެނިގެންދާނެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު ހިމޭޝް ރޭޝައްމިޔާއެވެ.
އަނޫޕަމް ކޭރް އާއި ސޫރަޖް ބަރްޖާތިއާ ވަނީ މީގެ ކުރިންވެސް ކާމިޔާބު ފިލްމުތަކެއްގައި އެކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި “ހަމް އާޕްކޭ ހޭ ކޯން”، “ވިވާހް”، “ޕްރޭމް ރަތަން ދަން ޕާޔޯ” އަދި “އޫންޗާއީ” ފަދަ ފިލްމުތައް ހިމެނެއެވެ.
