ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވިހެއުމަށްފަހު ދިމާވާ ނަފްސާނީ ބައްޔާއިމެދު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތައް

ވިހެއުމަށްފަހު ކޮންމެ މީހަކަށްވެސް ވިހެއުމަށްފަހު ދިމާވާ ނަފްސާނީ ބަލީގެ (ޕޯސްޓްޕާޓަމް ސައިކޯސިސް) ހާލަތު މެދުވެރިވެދާނެއެވެ. ނަމަވެސް، ކުރިން ނަފްސާނީ ބަލިތައް ތަހައްމަލުކޮށްފައިވާ މީހުންނަށް މިކަމުގެ ނުރައްކާ ބޮޑެވެ.

އެމެރިކާގެ މެސެޗުސެޓްސްގައި ހިނގަމުންދާ ލިންޑްސީ ކްލޭންސީގެ ޝަރީއަތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، އޭނާގެ ތިން ދަރިން މަރާލަން މެދުވެރިވީ މި ބަލީގެ ސަބަބުންތޯއެވެ. ލިންޑްސީއަކީ ކުރިން ހޮސްޕިޓަލެއްގައި މަސައްކަތްކުރި ނަރުހެކެވެ. 2023 ވަނަ އަހަރު އުމުރުން 5 އަހަރުން ދަށުގެ ތިން ދަރިން ނޭވާ ހާސްކޮށްލައިގެން މަރާލި ކަމަށް ދެ ފަރާތުންވެސް އެއްބަސްވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭނެތޯ ނުވަތަ ނޫންތޯ މިވަނީ ބޮޑު ބަހުސަކަށް ވެފައެވެ.

ލިންޑްސީއާއި އޭނާގެ ކުރީގެ ފިރިމީހާ ވަނީ ސިއްހީ ހިދުމަތްދޭ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްފައެވެ. އެއީ އޭނާގެ ބަލި ދެނެގަނެ، އެކަށީގެންވާ ފަރުވާ ދީފައި ނުވާތީއެވެ.

މި ބައްޔާ ގުޅޭގޮތުން އެނގުން މުހިންމު މައުލޫމާތުތައް:

ޕޯސްޓްޕާޓަމް ސައިކޯސިސްއަކީ ނާދިރު ނަމަވެސް ނުރައްކާތެރި ބައްޔެއް

މިއީ ވިހާ ކޮންމެ 1,000 އަންހެނުންގެ ތެރެއިން 1 ނުވަތަ 2 މީހުންނަށް ޖެހޭ ބައްޔެކެވެ. މިއީ މީހާއަށް ހަގީގަތާއި ހިޔާލީ ކަންކަން ވަކިކުރަން ނޭނގޭ ފަދަ ނަފްސާނީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.

މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ބައިޕޯލާ ޑިސްއޯޑާ ފަދަ ނަފްސާނީ ބަލިތައް ހުންނަ މީހުންނަށެވެ. ދިރާސާތަކުން ދައްކާގޮތުގައި މި ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ކުރިންވެސް ނަފްސާނީ މައްސަލަތައް ހުރި މީހުންނެވެ.

ގިނަ މައިން، ދަރިންނަށް އަނިޔާއެއް ނުކުރި ނަމަވެސް، ބަލީގެ ހާލަތު ގޯސްވުމުން އަމިއްލަ ނަފްސަށް ނުވަތަ ދަރިންނަށް ގެއްލުން ދިނުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެހީތެރިކަން ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މިވެސް ކިޔާލަން:  ނުރައްކާތެރި ހާލަތެއްގެ ތެރެއިން ނަރުހުންގެ ދުވަސް

ބަލީގެ އަލާމާތްތައް

އާންމުކޮށް ވިހާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ. ނަމަވެސް ވިހާތާ 6 ހަފްތާ ފަހުންވެސް މިކަން ދިމާވެދާނެއެވެ.

އަލާމާތްތަކުގެ ތެރޭގައި:

– ނެތް އެއްޗެހި ފެނުން ނުވަތަ އަޑުއިވުން (ހެލޮސިނޭޝަންސް)

– ހަގީގަތާ ހިލާފު ކަންކަން ގަބޫލުކުރެވުން (ޑެލޫޝަންސް)

– މީހުންނަށް އިތުބާރު ނުކުރެވުން (ޕެރަނޮއިއާ)

– މާބޮޑަށް އުފާވުން ނުވަތަ މާބޮޑަށް ދެރަވުން (މޫޑް ސްވިންގްސް)

– ނިދި ނައުމާއި، ރުޅިގަދަވުން އަދި ވިސްނުން އެކުލެވިގެން ނުވުން

މިއީ ‘ޕޯސްޓްޕާޓަމް ޑިޕްރެޝަން’ އާ ތަފާތު ބައްޔެއް

ވިހެއުމަށްފަހު ގިނަ މައިންނަށް ދިމާވާ ‘ބޭބީ ބްލޫޒް’ އަކީ މާ ނުރައްކާތެރި ކަމެއް ނޫނެވެ. އޭގައި ދެރަވެ ރޮވުނު ނަމަވެސް، އަމިއްލަ ނަފްސަށާއި ދަރިފުޅަށް އަޅާލުމުގެ ގާބިލުކަން ހުރެއެވެ.

ނަމަވެސް ދެރަވެފައި ހުންނަ ހުރުން ދެ ހަފްތާއަށްވުރެ ދިގުލައިގެންދާނަމަ، އެއީ ‘ޕޯސްޓްޕާޓަމް ޑިޕްރެޝަން’ ކަމަށް ވެދާނެއެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ކަންބޮޑުވުން، ކުށްވެރިކަމުގެ އިހުސާސްވުން، ވަރުބަލިވުން އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލު އައުން ހިމެނެއެވެ.

ޕޯސްޓްޕާޓަމް ސައިކޯސިސްއަކީ މިއަށްވުރެ މާ ނުރައްކާތެރި، އެންމެ ބޮޑުވަރުވާ ހާލަތެވެ.

ފަރުވާ ކުރުން
މި ބަލި ޖެހޭ މައިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހެއެވެ. މީގެ ތެރޭގައި ބޭސްވެރިކަމުގެ ފަރުވާއާއި ‘އިލެކްޓްރޯކޮންވަލްސިވް ތެރަޕީ’ (ސިކުނޑިއަށް ކަރަންޓު ދީގެން ދޭ ފަރުވާ) ހިމެނެއެވެ. ބަލީގެ ކުރީކޮޅު ފަރުވާ ހޯދުމަކީ ބަލިން ފަސޭހައިން ރަނގަޅުވުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ.

މިވެސް ކިޔާލަން:  ކުދިން ބޮޑާ ހޭކުމާއި، ރުއިމާއި، މައިންބަފައިންގެ ސަމާލުކަމަށް އެދުން
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top