ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މަދުން ނޫނީ ނުފެންނަފަދަ އޮޕަރޭޝަނަކަށްފަހު، ދިހަ އަހަރުގެ ދަރިމައިނުވުމުގެ މައްސަލައަށް ނިމުން
ފޮޓ÷: ޖެނުއިންލީ ހެލްތީ - އެފްބީ

އުފަންވިއިރު ރަހިމުގެ ދޮރާއި އަންހެން ހަށީގެ ބައެއް އުފެދިފައި ނެތް އަންހެނަކު، ބޮޑު އޮޕަރޭޝަނަކަށްފަހު ޤުދުރަތީ ގޮތުން ބަލިވެއިނދެ، ސިއްޙަތު ރަނގަޅު ދަރިއަކު ވިހެއުމާ ގުޅޭ ތަފުސީލީ ރިޕޯޓެއް “ހިއުމަން ފާޓިލިޓީ” މަޖައްލާގައި ޝާއިޢުކޮށްފިއެވެ. މިއީ ދިހަ އަހަރު ވަންދެން ދަރިމައިނުވުމުގެ އުނދަގޫ ތަހައްމަލު ކުރުމަށްފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ.

“ސަކްސެސްފުލް ޕްރެގްނަންސީ އާފްޓަރ ރީކޮންސްޓްރަކްޓިވް ސާޖަރީ ފޯ އަ ވުމަން ވިތު ކޮމްޕްލީޓް ސާވިކަލް އެންޑް ވަޖައިނަލް އެޖެނެސިސް” ގެ ނަމުގައި 1 ޖެނުއަރީ 2026 ގައި ޝާއިޢުކުރި މި ރިޕޯޓަކީ، ލީޑްސް ސެންޓަރ ފޯ ރިޕްރޮޑަކްޓިވް މެޑިސިން އަދި ލީޑްސް ޓީޗިންގ ހޮސްޕިޓަލްސްގެ މާހިރުން ކަމަށްވާ ޖެނިފަރ އޭ. ޓެމްބްލިން، ސައްޔިދު ސަލާހުއްދީން، ލާރާ ސީ. މޯލީ އަދި ޕްރޮފެސަރ އެޑަމް އެޗް. ބޭލަން ތައްޔާރުކުރައްވާފައިވާ ރިޕޯޓެކެވެ.

މި އަންހެންމީހާގެ ބަލި ދެނެގަނެވުނީ އުމުރުން 16 އަހަރުގައެވެ. އެއީ މައްސަރު ކަންތައް ދިމާނުވުމާއި އަދި ދޭތެރެ ދޭތެރެއިން އުނަގަނޑާއި ބަނޑުގައި ގަދައަށް ރިއްސާތީ ޑޮކްޓަރަށް ދެއްކުމުންނެވެ. ބެލިބެލުމުން އެނގުނު ގޮތުގައި އޭނާގެ ރަހިމާއި އޯވަރީ ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް، އުފަންވިއިރު ރަހިމުގެ ދޮރާއި އަންހެން ހަށީގެ ބައެއް އުފެދިފައެއް ނުވެއެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ސިއްޙީ ހާލަތެކެވެ.

ޑޮކްޓަރުން ވަނީ “ވެޖައިނޯޕްލާސްޓީ” އަދި “ޑައިރެކްޓް ޔޫޓްރޯވަޖައިނަލް އެނަސްޓަމޯސިސް” އޮޕަރޭޝަން މެދުވެރިކޮށް، އާ މަގަކުން ރަހިމާއި އަންހެން ހަށި ގުޅުވައިދީފައެވެ. މި އޮޕަރޭޝަނަށްފަހު، އެއްވެސް ތަދެއް ނެތި އޭނާއަށް ޤަވާއިދުން މައްސަރު ކަންތައް ދިމާވާން ފެށިއެވެ.

މިވެސް ކިޔާލަން:  ހެވީ މޭކަޕަށްވުރެ ލުއި މޭކަޕް ކުރާ މީހުން މާ "އެޓްރެކްޓިވް"

އޮޕަރޭޝަނަށްފަހު ވެސް 10 އަހަރު ވަންދެން ދަރިމައިނުވުމުގެ މައްސަލަ ދިމާވެ، ދަރިމައިވުމަށް އެހީތެރިވެދޭ އެކި ފަރުވާތަކުން ނަތީޖާއެއް ނުފެނުނު ނަމަވެސް، ފަހުން އޭނާ ވަނީ ޤުދުރަތީ ގޮތުން ބަލިވެއިނދެފައެވެ. އަދި ސިޒޭރިއަން ހަދައިގެން، ސިއްޙަތު ރަނގަޅު ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.

މި ރިޕޯޓް ތައްޔާރުކުރި މާހިރުން ފާހަގަކުރެއްވި ގޮތުގައި، މިއީ މިފަދަ ހާލަތްތަކުގައި ވެސް ދަރިމައިވުމުގެ އުންމީދު އޮތްކަން ހާމަކޮށްދޭ ވަރަށް ނާދިރު ކާމިޔާބީއެކެވެ. ނަމަވެސް، ކޮންމެ މީހެއްގެ ހާލަތު ތަފާތުވާނެތީ، މިފަދަ ކަންކަމުގައި އެކި ދާއިރާތަކުގެ މާހިރުން ހިމެނޭ ޓީމަކުން ފަރުވާ ކުރިއަށް ގެންދިއުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top