ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަރުގަދަ ގުރޫޕަކަށް
ފޮޓޯ: އެފްއޭއެމް

މިއަހަރުގެ ނޮވެންބަރު މަހު ބަނގުލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ގޭމްސްގައި ދިވެހިރާއްޖެ ވަރުގަދަ ގުރޫޕަކަށް ލައްވާލައިފި އެވެ. މުބާރާތުގެ ގުރުއަތުލުން ބޫޓާންގެ ތިންބޫގައި އިއްޔެ ވަނީ ބާއްވާފައެވެ. ސާފްގެ ހަތް ޤައުމުގެ ތެރެއިން ހަ ޤައުމު މިއަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މިވަގުތު ފީފާގެ ސަސްޕެންޝަންގައި އޮތް ނޭޕާލަށް ވަނީ މުހުލަތެއް ދީފައެވެ. އެ ތާރީޚުގެ ކުރިން ފީފާގެ ސަސްފެންޝަނުން ނޭޕާލް ސަލާމަތްވެއްޖެނަމަ އެ ޤައުމަށް މުބާރާތުގައި ވާދަކުރަން ފުރުސަތު ލިބޭނެއެވެ.

މިއަހަރުގެ މުބާރާތުގައި ދިވެހިރާއްޖެ ލައްވާލީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމް އަދި ސާފް ގޭމްސްގެ އެންމެ ކާމިޔާބު ޓީމު އިންޑިޔާއާ އެއް ގުރޫޕެއްގައެވެ. އެންމެ ފަހުން ބޭއްވި ސާފް ގޭމްސްގެ ދެ މުބާރާތުގެ ޗެމްޕިއަންއަކީ ވެސް އިންޑިއާ އެވެ. އަދި ދާދިފަހުން ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބްލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާނަކީ ރާއްޖެ ހިމެނޭ ގުރޫޕް ބީގައި ހިމެނޭ ތިންވަނަ ޓީމެވެ. ޑައިމަންޑް ޖުބްލީ މުބާރާތުގެ ލީގު ބުރުގައި ޕާކިސްތާން ވަނީ ފަސޭހަކަމާއިއެކު 3-0 އިން ރާއްޖެ ބަލިކޮށްފައެވެ.

ގުރޫޕް އޭގައި ހިމެނެނީ ސްރީލަންކާ އާއި ބޫޓާން އަދި މުބާރާތް ބާއްވާ ބަނގުލަދޭޝް އެވެ. ފީފާގެ ސަސްޕެންޝަނުން ނޭޕާލް ސަލާމަތް ވެއްޖެނަމަ އެ ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭ އިންނެވެ.

ނޮވެންބަރު މަހުގެ 4 އިން 17 އަށް ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައެވެ. މިއީ ސާފް ގޭމްސްގެ 15 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޗައިނާގެ ފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ ޓެކްނޯ އެވެ.

މިވެސް ކިޔާލަން:  ރާއްޖެ ޖޫނިއާރ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން މާފުށީ ސްކޫލް ހޯދައިފި

2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ ސާފް ގޭމްސްގެ ޗެމްޕިއަންކަން ހޯދާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top