ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރަތަމަ މެޗުން ނިއުރޭޑިއަންޓް މޮޅުވެއްޖެ
ފޮޓޯ: ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ފޭސްބުކް ޕޭޖް

އަށާރަ އަހަރަށްފަހު ބާއްވަން ފެށި ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް މޮޅުވެއްޖެއެވެ. ވޭތުވެދިޔަ ސީޒަންގެ ދިވެހި ޕްރެމިއަރ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ބާއްވާ މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ މިއަދުގެ މެޗުގައި ނިއުރޭޑިއަންޓާއި ވާދަކުރި ބުރު ސްޕޯރޓްސް ކުލަބްގެ އިތުރުން ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ދެވަނަ ހޯދި އޮޑި ސްޕޯރޓްސް އެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ނިއުރޭޑިއަންޓަށް މި މުބާރާތަކީ އާ މުބާރާތަކަށް ނުވި ނަމަވެސް، އޮޑި ސްޕޯރޓްސް އާއި ބުރު ސްޕޯރޓްސް ކަޕް ވިނާސް ކަޕްގައި ވާދަކުރާ މިއީ ފުރަތަމަ އަހަރެވެ. އަދި މާޒިޔާއިން މި މުބާރާތުގައި ވާދަކުރާ މިއީ ދެވަނަ އަހަރެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން 1999 ވަނަ މާޒިޔާ ވަނީ ކަޕް ވިނާސް ކަޕްގައި ވާދަކޮށްފައެވެ.

މިއަދުގެ މެޗު ފަށައިގެން 18 ވަނަ ސިކުންތުގައި ނިއުރޭޑިއަންޓުން ވަނީ ލީޑު ނަގާފައެވެ. މެޗު ފެށިގޮތަށް ނިއުރޭޑިއަންޓުން އުފެއްދި އެޓޭކްގައި، މޫސާ ޔާމީން މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި އެ ޓީމަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ (ޑޯރީ) އެވެ.

މެޗުގެ ފުރަތަމަ މިނިޓްތެރޭ ނިއުރޭޑިއަންޓުން ލީޑު ނެގި ނަމަވެސް، އޭގެ ފަހުން ބުރުން ވަނީ ކުޅުން ރަނގަޅުކޮށް ނިއުރޭޑިއަންޓްގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު ބުރުން ވަނީ ދޭތެރެއަކުން ކުރިޔަށް އަރައި ލަނޑު ޖަހަން ވެސް މަސައްކަތް ކޮށްފައެވެ.

މިވެސް ކިޔާލަން:  ގިނަ ފިއްތުންތައް ކުރިމަތިކޮށްފައި ވަނިކޮށް އެފްއޭއެމްގެ އިންތިޚާބު ބާއްވައިފި

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ނިއުރޭޑިއަންޓަށް ލިބި ބޭނުން ނުކުރެވި ދިޔަ މި ހާފު ނިމުނީ މި ނަތީޖާއާ އެކުއެވެ.

ދެވަނަ ހާފުގައި ނިއުރޭޑިއަންޓުން ވަނީ ކުޅުން ރަނގަޅުކޮށް ހަތަރު ލަނޑު ޖަހާފައެވެ. ނިއުރޭޑިއަންޓުން އެ ޓީމުގެ ލީޑު ފުޅާކުރީ 59 ވަނަ މިނިޓްގައި ޑަސިލްވަރ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ (ޑޯރީ) ޖަހައިދިން ލަނޑުންނެވެ. އޭގެ އިރުކޮޅެއް ކުރިން ޑޯރީ ފޮނުވާލި ބޯޅައެއް ބުރުގެ ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެ.

ނަތީޖާ ހަމަހަމަކުރާނެ ފުރުސަތެއް ލިބޭތޯ ބުރުން މަސައްކަތްކުރަމުން ދަނިކޮށް ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި ކާމިޔާބުކުރި މި ލަނޑާއިއެކު ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ (ޑޯރީ) އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.

ލަނޑު ޖެހުމަށްޓަކައި ބުރު ކުޅުންތެރިން ކުރިޔަށް ޖެހި ތިބި ވަގުތެއްގައި ލިބުނު ފުރުސަތުގެ ބޭނުންކޮށް ނިއުރޭޑިއަންޓުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. ނާއިމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއުރޭޑިއަންޓްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއުރޭޑިއަންޓަށް ލިބި ބޭނުން ނުކުރެވި ދިޔަ މި މެޗުގައި ނިއުރޭޑިއަންޓުން ޖެހި ފަސްވަނަ ލަނޑު ޖަހައިދިނީ ޔާޔާ އަބްދުލްލައި ބިލިޓީ އެވެ. ޔާޔާ ބިލިޓީ މި ލަނޑު ޖަހާފައިވަނީ ބުރުގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިވެސް ކިޔާލަން:  ޕްރެޒިޑެންޓްސް ކަޕްގެ ރަސްގެފާނު މުބާރާތުން ކަޓައިފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ (ޑޯރީ) އެވެ.

މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯރޓްސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top